Advertisement
ކ. މާލެ
|
13 މާރޗް 2019 | ބުދަ 09:05
ތޮއްޑޫގެ ކަރާ ހައްދާ ސަރަހައްދު
ތޮއްޑޫގެ ކަރާ ހައްދާ ސަރަހައްދު
މުހައްމަދު ޝަރުހާން
އއ. ތޮއްޑޫ
ތޮއްޑޫގެ ބާވަތްތައް ޔޫރަޕްގެ މާރުކޭޓަށް ގެންދިއުމުގެ ފުރުސަތު ހޯދައިދޭނެ: ރައީސް ނަޝީދު
ރަމަޟާން މަހަށް ޚާއްސަކޮށް އެއްޗެހި ވިއްކުމަށް މާރުކޭޓުން ޖާގަ ހޯދައިދޭނަން
ދަނޑުވެރިންގެ ސަބްސިޑީއާ، ލުއި ލޯނު އެޖެންޑާ19 ކަށަވަރުކޮށްދޭނެ

އއ.ތޮއްޑޫގައި ހައްދާ ބާވަތްތައް ޔޫރަޕްގެ މާރުކޭޓަށް ގެންދިއުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ތޮއްޑޫގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ އެޖެންޑާ19 އިން ކުރާނެ އެންމެ މުހިންމު ކަމަކީ ޔޫރަޕްގައި އޮތް މާރުކޭޓަކަށް ތޮއްޑޫގެ އުފެއްދުންތަކަށް ޖާގަ ހޯދައިދިނުން ކަމަށާއި، މާލޭގައި އޮތް މާރުކޭޓުން އެކަނި ބާވަތްތައް ވިއްކޭނެ ގޮތް ހެދުމުން ނުފުދޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރަމަޟާން މަހަށް ޚާއްސަކޮށް ތޮއްޑޫގައި 400 ކަރާ ދަނޑު ހައްދާ ކަމަށާއި، ދުވާލަކަށް 50 ޓަނު ކަރާ މާލެއަށް ގެންދާނެ ކަމަށެވެ. އަދި 4000 ހާސް ކިލޯގްރާމް ކިލޯ ފަޅޯ ބޭރުކުރާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ގިނަ އަދަދެއްގެ ބާވަތްތައް ތޮއްޑޫއިން ބޭރުކުރާއިރު ކޮންމެ އަހަރެއްގެ ރަމަޟާންމަހު މިބާވަތްތައް ވިއްކުމަށް މާރުކޭޓުން ޖާގަ ނުލިބޭ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ހައްދާ ފަޅޯތައް ވިއްކާނުލެވި ހަލާކުވެދިއުމަކީ ކަޅުބިލަ މަސް ތައިލެންޑަށް ގެންގޮސް އުކާލުން ފަދަ ކަމެއް ކަމަށެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަހަށް މިމައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިމާލޭގެ މާރުކޭޓުގައި ވިއްކޭތޯ ތޮއްޑޫ ރައްޔިތުން އެބަ ވަރަށް ގަދައަޅާ މަސައްކަތް ކުރޭ. އެޖެންޑާ19 ގައި އިރާދަކުއްވިއްޔާ ކޮށްދޭނެ އެއްކަމަކީ އެ މާރުކޭޓު މާލޭގެ މާރުކޭޓުން ވެސް ތިބޭފުޅުންނަށް ޖާގަ ހޯދައިދިނުން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދަނޑުވެރިންގެ ސަބްސިޑީއާ ދަނޑުވެރިންގެ ލުއި ލޯނު އެޖެންޑާ19 ކަށަވަރުކޮށްދޭނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް