Advertisement
ކ. މާލެ
|
13 މާރޗް 2019 | ބުދަ 08:30
ޗުއްޓީދޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޗުއްޓީދޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ޑިފެންސް މިނިސްޓްރީ
ވިހެއުމުން ސިފައިންނަށްދޭ ޗުއްޓީ އިތުރުކުރުމަށް މަޝްވަރާ ފަށައިފި
ޗުއްޓީ އިތުރުކުރުމުގެ މަޝްވަރާތައް ފެށީ ރައީސް ސޯލިހްގެ އެދިވަޑައިގަތުމަކަށް

ވިހެއުމުން ސިފައިންނަށް ދޭ ޗުއްޓީ އިތުރުކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ. 

ޑިިފެންސް މިނިސްޓްރީން ބުނީ، ވިހެއުމުން ސިފައިންނަށް ދޭ ޗުއްޓީ އިތުރުކުރުމުގެ މަޝްވަރާތައް ފެށީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

އެގޮތުން ވިހެއުމުން ސިވިލް ސާރވިސް މުވައްޒިފުންނަށް މިހާރު ލިބޭ ޗުއްޓީ ސިފައިންނަށް ދޭނެ ގޮތެއް ހޯދުމަށް އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، އަންހެން ސިފައިންގެ ކޮމެޓީން މަޝްވަރާތައް ފަށާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އެ ކޮމެޓީތަކާއިި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އަންގާރަ ދުވަހު ބައްދަލުކުރައްވާފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

ވިހެއުމުން ލިބޭ ޗުއްޓީގެ މުއްދަތު އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު މާފުށީގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ވިހެއުމުން އަންހެނުންނަށް މުސާރައާއެކު ހަ މަސް ދުވަހުގެ ޗުއްޓީ ބުރާސްފަތިި ދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ. އަދި ފިރިންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ބުރާސްފަތި ދުވަހުން ފެށިގެން ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އޭގެ ކުރިން އަންހެން މީހާއަށް ލިބެނީ ތިން މަހުގެ ޗުއްޓީއެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް