Advertisement
ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 21:04
ސްޓޭޓް ބޭންކް އޮފް އިންޑިއާ: ފައިސާތަކެއް ފޭރިގަނެފައިވަނީ އެ ސަރަހައްދުން -- ފޮޓޯ: މުހައްމަދު ޝަރުހާން
ސްޓޭޓް ބޭންކް އޮފް އިންޑިއާ: ފައިސާތަކެއް ފޭރިގަނެފައިވަނީ އެ ސަރަހައްދުން -- ފޮޓޯ: މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން
ފޭރުނު މައްސަލަ
ފޭރުނު މައްސަލައިގައި ހިމެނޭ ދެ މީހުން ދޫކޮށްލައިފި
ފޭރުނު މައްސަލައިގެ ބަންދުގައި މިހާރު ތިބީ 18 އަހަރުން ދަށުގެ ދެ ކުދިން
ފޭރުނު ފައިސާ ހޯދުނު ކަމެއް ފުލުހުން ހާމައެއް ނުކުރޭ

ހެލްމެޓް އަޅައިގެން ތިބެ، މާލޭގައި މީހަކަށް ވަޅިން ބިރު ދައްކައި 2.3 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ދޫކޮށްލައިފިއެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޭރުނު މައްސަލައިގެ ބަންދުގައި މިހާރު ތިބީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށާއި މި މައްސަލައިގައި ހިމެނޭ ދެ މީހުން ދޫކޮށްލީ ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އަދި އެ ދެ މީހުން ދޫކޮށްލީ ކީއްވެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ދެ މީހުންނާއި 18 އަހަރުން ދަށުގެ ދެ ކުދިންނެވެ.

ބީއެޗްއެމް ޓްރޭޑާސްގެ އެ ފައިސާތައް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގޮސް ހުއްޓަކައި ފޭރިގަތީ އިންޑިއާ މީހެއްގެ އަތުންނެވެ.

ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހުން ފޭރުނު ފައިސާ ހޯދުނު ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފޭރިގަތް ފައިސާގެ އަދަދު 2,377,881.99 (ދެ މިލިއަން ތިން ލައްކަ ހަތްދިހަ ހަތް ހާސް އަށްސަތޭކަ އަށްޑިހަ) ރުފިޔާ އަށް އަރައެވެ. 

މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަންވަރު 12 ގެ ފަހުން ވަނީ 30 ކިލޯމީޓަރަށް ވުރެން ބާރަށް ދުއްވާ ތަންތަނުގައި ހެލްމެޓް އަޅައިގެން ދުއްވުމަށް މަޖުބޫރު ކޮށްފައެވެ. އަދި ހެލްމެޓު އެޅުމުން ކާކުކަން ނޭނގޭ ގޮތަށް މޫނު ފޮރުވޭ ހެލްމެޓް އެޅުމަކީ މަނާކަމެއް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްމެޓް އަޅައިގެން ތިބެ ހިންގި ފޭރުމުގެ މި ހާދިސާއަކީ ސިނަމާލެ ބްރިޖާއި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭގައި ދުއްވާއިރު ހެލްމެޓް އަޅަންޖެހޭ ގޮތަށް ސަރުކާރުން ހަމަޖެއްސި ފަހުން ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް