Advertisement
ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 21:01
ކޮރަލް ބުލިވާޑް ސަރަހައްދު ބޮޑުތަކުރުފާނު މަގު ހުޅުވާފައި
ކޮރަލް ބުލިވާޑް ސަރަހައްދު ބޮޑުތަކުރުފާނު މަގު ހުޅުވާފައި
މިނިސްޓްރީ އޮފް ހައުސިން
ކޮރަލް ބުލިވާޑް
ކޮރަލް ބުލިވާޑް ހަދަން ރަސްފަންނު ކައިރިން ބަންދުކުރި މަގު ހުޅުވައިފި
މަގު ޙުޅުވުން ލަސްވީ ކޮރަލް ބުލިވާޑް ތަރައްގީ ކުރާ ޗަން ހުއާ ކޮންސްޓްރަކްޝަނާ އެކު ހައުސިން މިނިސްޓްރީން އެއްބަސްވުމަކަށް ނާދެވިގެން

ކޮރަލް ބުލިވާޑްގެ މަސައްކަތްތަކަށް ބަންދުކުރި ބޮޑުތަކުރުފާނު މަގުގެ ރަސްފަންނު ސަރަހައްދު ހުޅުވައިފިއެވެ.

ހައުސިން މިނިސްޓްރީން އަންގާރަ ދުވަހު މި މަގު ހުޅުވީ ކުރަން ޖެހޭ މަރާމާތުތައް ކުރުމަށް ފަހު އާއްމުންނަށް ބޭނުންކުރެވޭނެ ގޮތަށެވެ. މި މަގު އަލުން ހުޅުވަން ނިންމީ ރަސްފަންނު ސަރަހައްދުގައި އަޅަން އުޅުނު ފްލެޓްތައް ހުޅުމާލެ އަށް ބަދަލުކުރަަން ނިންމުމާ ގުޅިގެންނެވެ. 

ކޮރަލް ބުލިވާޑްގެ ތަރައްގީކުރުމުގެ މަސައްކަތަށް ބަންދުކޮށްފައި ވަނީ ތަޖުއްދީން ސްކޫލުގެ ބިތްދޮށުން އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދަކާއި ހިރިޔާ ސްކޫލާ ޖެހިގެން އޮންނަ ސަބުދެލި މަގެވެ. މީގެ ކުރިން ސިޓީ ކައުންސިލުން ބުނެފައި ވަނީ ކޮރަލް ބުލިވާޑްގެ މަސައްކަތްތަށް އެ ސަރަހައްދުން ހުއްޓާލިހާ އަވަހަކަށް، ޖެނުއަރީ މަހުގެ ތެރޭގައި މި މަގުުތައް ހުޅުވިގެން ދާނެ ކަމަށެވެ. ނަމަވެސް މި މަސައްކަތް ދިގުލައިގެން ދިޔައީ ކޮރަލް ބުލިވާޑް ތަރައްގީ ކުރާ ޗަން ހުއާ ކޮންސްޓްރަކްޝަނާއި އެކު ހައުސިން މިނިސްޓްރީން އެއްބަސްވުމަކަށް އާދެވުން ލަސްވުމާއި ގުޅިގެން ކަމަށް ހައުސިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

މި މަގުތައް ހުޅުވަން ނިންމީ އެ ސަރަހައްދުގައި ހުންނަ ސްކޫލްތަކަށްދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިންތިހާއަށް އުނދަގޫތައް ކުރިމަތި ވަމުން ދިޔުމާއި ގުޅިގެން ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ރަސްފަންނު ސަރަހައްދުގައި 350 ފްލެޓްއާ އެކު ހަދާ 25 ބުރީގެ ހަތަރު ޓަވަރު އިމާރާތް ކުރުމުގެ މަސައްކަތް, ރައީސް ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓްރީން ޗަންހުއާ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް