Advertisement
ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 18:45
ހުޅުމާލޭގައި ޤާއިމްކޮށްފައިވާ އައު އިންޖީންގެ
ހުޅުމާލޭގައި ޤާއިމްކޮށްފައިވާ އައު އިންޖީންގެ
ޕީއެސްއެމް
ސްޓެލްކޯ
އިންޖީންތައް ޓެސްޓުކުރަމުން ގެންދާތީ ހުޅުމާލެއިން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ
ޕްރޮޖެކްޓް ނިމުމުން ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ

ހުޅުމާލޭގެ އައު އިންޖީންގޭގެ އިންޖީންތައް ޓެސްޓްކުރަމުން ގެންދާތީ ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ. 

ސްޓެލްކޯ އިން ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި އަލަށް ޤާއިމްކުރަމުންދާ ފިފްތު ޕަވަރ ޕްރޮޖެކްޓްގެ ދަށުން ޖަނަރޭޓަރުތައް ކޮމިޝަންކުރުމާއި، ރިލެއެބިލިޓީ ޓެސްްޓްތައް މިހާރު ކުރަމުން ގެންދާ ކަމަށެވެ. އެ މަސައްކަތްތައް ކުރަމުން ގެންދާއިރު ކަރަންޓްގެ ހިދުމަތް މެދުކެނޑުން އެކަށީގެެންވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. 

އެ ކުންފުނިން ބުނީ، ޓެސްޓްތައް ކުރަމުންގެންދާ އެ މަރުހަލާގައި ކަރަންޓުގެ ހިދުމަތް މެދުނުކެނޑޭނެ ގޮތަށް މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ޕްރޮޖެކްޓް ނިމުމުން ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ފަންސާސް މެގަވޮޓްގެ ކަރަންޓް އުފައްދައިދޭ މި މަޝްރޫޢަކީ ޗައިނާގެ ޑޮންގްފަންޑް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ފުރިހަމަވުމުން މާލެ، ހުޅުލެ، އަދި ހުޅުމާލެ ސަރަހައްދަށް މި ޕަވަރ ޕްލާންޓުން ކަރަންޓް ފޯރުކޮށްދެވޭނެއެވެ.

މި މަޝްރޫޢަކީ 79 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 މާރޗް 2019 | ބުދަ 18:42
ihaaru.
އިސުލޭސަންއެއްވެސް ނެތް، ހަމައެކަނި ހޫނައްވެސް އެފިޝެންސީ މަށްސަލަ ނުކުންނާނެ ވަގުތުން އަދިއެހާމެ ހޫނުގަދަ ތަނެއްގަ، ޓިނުއަވަނެއްގެތެރޭގަ 6 ގެނެރޭޓަރ އާއި އެންބުރާނެ ޑިސަލް ހައިންޖީނުގެ ނޫން އިހުސާސްކޮށްލައްވާ!