Advertisement
ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 18:25
މަޖިލިސް ބަހުސް 2019: ކުޅުދުއްފުށި ދެކުނު ދާއިރާގެ ބަހުސްގެ ތެރެއިން
މަޖިލިސް ބަހުސް 2019: ކުޅުދުއްފުށި ދެކުނު ދާއިރާގެ ބަހުސްގެ ތެރެއިން
ޕީއެސްއެމް
މަޖިލީސް އިންތިހާބު 2019
ރައީސްގެ ދަތުރުފުޅާއެކު، ފާދިއްޕޮޅު ކެނޑިޑޭޓުން މަޖިލިސް ބަހުސްގައި ބައިވެރިވެވަޑައެއް ނުގަންނަވާނެ: އެމްޑީޕީ
ޅ. އަތޮޅުގެ އިތުރުން ރައީސް އިތުރު ދެ އަތޮޅަކަށް މި ދަތުރުފުޅުގައި ވަޑައިގަންނަވާނެ

ބުރާސްފަތި އަދި ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. އަތޮޅުގެ ރަށްރަށަ ވަޑައިގަންނަވާތީ އެ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓުން މަޖިލީސް ބަހުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ. 

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ 14 އިން 17 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވ. ޅ. އަދި ނ. އަތޮޅަށް ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދަތުފުޅުކުރައްވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝެޑިއުލްގެ ދަތިކަމަށްޓަކައި މި ދަތުރުފުޅުތަކަކީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ރާވާ، އިންތިޒާމުކޮށްފައިވާ ދަތުރުފުޅުތަކެއް ކަމަށް އެމްޑީޕީން ބުންޏެވެ. 

އެމްޑީޕީ ބުނީ، އެ ދަތުރުފުޅުގައި މާރޗު 15 އިން 16 އަށް ފާދިއްޕޮޅުގައި ޙަރަކާތްތެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ ޕަބްލިކް ސަރވިސް މީޑިޔާއިން އިންތިޒާމުކޮށްގެން ހިންގާ މަޖިލިސް އިންތިޚާބުގެ ކެންޑިޑޭޓުންގެ ބަޙުސްގައި ހިންނަވަރު، ނައިފަރު އަދި ކުރެންދޫ ދާއިރާގެ ކެންޑިޑޭޓުންނަށް ބައިވެރިވެވަޑައެއް ނުގެންނެވޭނެ ކަމަށެވެ. ޅ. އަތޮޅުގެ ބަހުސް ދިމާވަނީ ވެސް އެ ދެ ދުވަހާއެވެ.  

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަޖިލީސް ބަހުސް ފަށށައިގެން ކުރިއަށްގެންދާއިރު، ޕީއެސްއެމުން ބުނީ މަޖިލިސް ބަހުސްގެ މަގުސަދަކީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ރައްޔިތުންނަށް ތައާރަފް ކޮށްދިނުން ކަމަށާއި ކޮންމެ ކެންޑިޑޭޓަކަށް ވެސް އެއް ސުވާލުތަކެއް ހުށަހަޅައި، ކަނޑައަޅާ ވަގުތުގެ ތެރޭގައި ބޭނުންވާ ވާހަކަތައް ދެއްކުމުގެ ފުރުސަތު ދެމުން އަންނަ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރާ 393 ކެންޑިޑޭޓުންނަށް ބާއްވާ މަޖިލިސް ބަހުސް ޕީއެސްއެމުން ކުރިއަށް ގެންދަނީ އާދީއްތަ ދުވަހުން ފެށިގެން މި މަހުގެ 28ގެ ނިޔަލަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް