Advertisement
ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 16:52
އެމްޑީޕީ ކެމްޕެއިނުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަނީ
އެމްޑީޕީ ކެމްޕެއިނުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަނީ
އެމްޑީޕީ
ބޯހިޔާވަހިކަމުގެ ވައުދު ފުއްދުން
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަ ކުންފުނި ރައީސް އުފައްދަވައިފި
މިއީ ރައީސް ސޯލިހުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް އުފެއްދެވި ކުންފުންޏެއް

ރާއްޖޭގެ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން މިއަދު އުފައްދަވައިފިއެވެ.

ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމަށްޓަކައި ރައީސް ސޯލިހު އުފެއްދެވި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އުފައްދާފައިވާ ކުންފުންޏެކެވެ. ރައީސް ސޯލިހު މި ކުންފުނި އުފެއްދެވީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، އެކަމަށް ޚާއްޞަކޮށްފައިވާ ކުންފުންޏެއް ގާއިމުކުރުމަކީ މުހިއްމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

މި ކުންފުނިން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެއް ފުރާޅެއްގެ ދަށުން ހިންގުމާއި ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ކުރިމަގުގައި ހިންގާނެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށާއި، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، މާލީ ހާލަތު ދަށް ފަރާތްތަކަށް ސަބްސިޑައިޒް ރޭޓެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ފަސް އަހަރުގެ ދައުރު ނިމިގެން ދާއިރު ދިވެހިރާއްޖޭގެ ބޯހިޔާވަހިކަން ނެތް އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމަށް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް