Advertisement
ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 14:35
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު
ރައީސް މައުމޫން އަނެއްކާ ވެސް ރައީސް ސޯލިހާ ބައްދަލުކުރައްވައިފި
އެމްއާރްއެމްގެ ފަރާތުން ރައީސް ސޯލިހަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަނީ ވިދާޅުވެފައި

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އަނެއްކާ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙާ ބައްދަލުކުރައްވައިފިއެވެ. 

ރައީސް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓާއި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުވެސް އޮންނާނެ ކަމުގައި ރައީސް މައުމޫން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވައި ކޯލިޝަނާއެކީ ދެމިހުންނަވާނެކަމުގައި ރައީސް މައުމޫން ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި އިތުރަށް ވަނީ ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ އެކި ކަންކަމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. 

ރައީސ މައުމޫން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ނުކުންނަވަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވުމުން އެކަމަށް ދެކޮޅު ހައްދަވައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަފުޅުތަކަށް ތާއީދު ކުރައްވާފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުންގެ ތެރެއިން ގާސިމްގެ ނިންމެވުމަށް މައުމޫން ދެކޮޅު ހެެއްދެވިކަން އެނގިގެން ދިޔައީ އަލީ ވަހީދަށް ތައުރީފު ކުރައްވައި، އާދީއްތަ ދުވަހު މައުމޫން ކުރެއްވި ޓްވީޓުންނެވެ. އިސްލާހަށް މަސައްކަތުގައި ގުރުބާންވި މީހުން ދޫކޮށް، ޕީޕީއެމް/ޕީއެންސީ ފިކުރަށް ނުދާނެ ކަމަށް އަލީ ވަހީދު ވިދާޅުވުން މައުމޫން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި އަލީ ވަހީދުގެ އެ ވާހަކަފުޅާ ގުޅިގެން ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް މައުމޫނާއި ރައީސް ސޯލިހް ވަނީ މީގެ ކުރިން ވެސް ބައްދަލުކުރައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް