Advertisement
ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 13:03
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
މުހައްމަދު ޝަރުހާން
އެމްޑީޕީ
ބަޣާވާތުގެ އަސްލަކީ މަޖިލީސް ފެއިލް ވުން: ރައީސް ނަޝީދު  
މެޖޯރިޓީ އެމްޑިޕީއަށް ދިނުމަށް އިންތިހާއަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވި

ބަޣާވާތުގެ އަސްލަކީ ރައްޔިތުންގެ މަޖިލީސް ފެއިލްވުން ކަމަށާއި އެހެންކަމުން އެމްޑީޕީއަށް މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ ލިބެންޖެހޭކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އއ. މަތިވެރި ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ހަސަން ޒަރީރުގެ ކެމްޕެއިންގައި އެދާއިރާގެ ބޮޑުފޮޅަދޫގައި ރައްޔިތުންނާއި މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ވެރިކަމަށް ވެސް އައިސްފި ކަމަށާއި އަދި އެސަރުކާރު ވައްްޓާވެސް ލައިފި ކަމަށެވެ. ކަންތައްތައް ވެފައިވާ ގޮތާއި ވަމުންދާ ގޮތް އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"ރައްްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުނީމާ ވަޒީރުންގެ މައްޗަށް އިތުބާރު ނެތްކަމަށް ނަގަނީ. ސައުކާރު މުއައްސަސާތަކުގެ އިތުބާރު ސަރުކާރަށް ގެއްލެނީ. ސަރުކާރުގެ މައްޗަށް ގެއްލެނީ، އެހެން ކަންތައް ވެގެން ދިޔައިމާ ފަނޑިޔާރުގެ ތަކުން ހުކުމް އިއްވަން ފަށަނީ ސިޔާސީ ކުލަ ޖެހިގެން. އެއާއި އެކުގައި ފުލުހުންނާއި ސިފައިންގެ އިތުބާރު ސަރުކާރަށް ގެއްލިދަނީ. ދެން ރިޝަވަތުގެ ހުތުރު ފައިސާ. ބަޣާވާތް ކުރަން ފަރިތަ ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި ބައިވަރު. އެރިޝްވަތުގެ ހުތުރު ފައިސާ އާއި އެކީގައި ސަރުކާރު ބަދަލު ކުރަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ބޭނުންވަނީ އެހެންވެ ކަމަށެވެ. އަދި މެޖޯރިޓީ އެމްޑިޕީއަށް ދިނުމަށް އިންތިހާއަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ބޭނުމަކީ ހަމަޖެހޭ ވެރިކަމެއް އަދި ތަރައްގީއަށް ހެޔޮ ވެރިކަމެއް ރާއްޖޭގައި ހިންގުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ގޮނޑިއެއް ރީނދޫ ވަމުން އަންނަ ތަން ފެންނާނެކަމަށާއި އެމްޑީޕީން މާލެއާއި އައްޑޫގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 މާރޗް 2019 | އަންގާރަ 13:59
ހިގާމީހެއް
ކޮންތނައްގައިތަ ބަގާވަތް ކުރީ ..ބަގާވަތެއް ކުރިނަމަކުރީ ނަޝިދު އިސްވެ ހުރެގެން އެމްޑީޕީމީހުން 6 ފެބްރުއަރީ 2012 ވަނަދުވަހުގެ ރޭ.. ބޯ ބުރާންތި އަރާފައި ހުރެގެން 7 ވަނަ ދުވަހު ރައީސް އޮފީހުގައި ލައިވް ޓީވީ ކުރިމަތީގައި ހުރެގެން ވީދުނުއެެްޗެއް އަމިއްލައަށް ވީސފި އިސތިއުފާ ދިނީ.. 7 ވަނަ ދުވަހު ހެނދުނު އިންޑިއާ ގެ ސަފީރު މުލޭ (ރިސާރޗް އެނަލިސިސް ވިންގް ގެ އެޖެންޓް ބު ކުރި ފޯނު ކޯލަކަާ ގުޅިގެން އަމިއްލަ އިސްތިއފާ ދޭން ބުނީވެސް. ބަލަ އެދުވަހު މަޖިލސް މެމްބަރުން ޖީއެމްއާރު އިން ފައިސާ ދީގެބް ގަަނެގެން މަޖިލިސްގެ މެޖޯރިޓީ އޮތީ އެމްޑީޕީ ހޯދާފައި..އަލީ ވަހީދު ގަތުމައް ލާރި ޚަރަދުކުރިން ދޯ
12 މާރޗް 2019 | އަންގާރަ 09:46
މެޖޯޜީޓީ
2012 ގަ ސަރުކާރު ވެއްޓުނުއިރު މަޖްލިސް މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގަ.
12 މާރޗް 2019 | އަންގާރަ 09:19
Axmal
Alhey maniku faanu abadhu bagaavaai bagaai vidhaalhu vanee keave tho mihaaru maniku faanu fenna ira bagaavaaiy handhaan vanee e noon echo vidhaalhu vaan asdha kurevvun feney anekkaa keneree gey nasheed ge badha luga basgee nadheed kiyan nufasha nees