Advertisement
ކ. މާލެ
|
12 މާރޗް 2019 | އަންގާރަ 12:36
ޕީޖީ ބިޝާމްގެ އަރިހުގައި ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު (ކ)
ޕީޖީ ބިޝާމްގެ އަރިހުގައި ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު (ކ)
ޕީޖީ އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލް
ޑެޕިއުޓީ ޕީޖީގެ މަގާމުން ނިހާޔަތު އިސްތިއުފާ ދެއްވައިފި
އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ 2016ގައި

ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އިސްތިއުފާ ދެއްވައިފިއެވެ.

ޑެޕިއުޓީ ޕީޖީގެ މަގާމަށް މީގެ ދެ އަހަރު ކުރިން، 2016 ވަނަ އަހަރު އައްޔަން ކުރެއްވި ނިހާޔަތު އެ މަގާމުން އިސްތިއުފާ ދެއްވި ހޯމަ ދުވަހުއެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ޕީޖީ އޮފީހަކުން ހާމައެއް ނުކުރެއެވެ.

ނިހާޔަތު އިސްތިއުފާ ދެއްވި ސަބަބު ހޯދުމަށް އެ އޮފީހުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ޖަވާބެއް ނުދެއްވައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރެއްވި ތިން އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ގާޒީގެ މަގާމު ފުރުއްވާފައެވެ. އޭނާ ވަނީ ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވައި ފިޔަވާރީގެ ބޮޑެތި މައްސަލަތައް ބައްލަވައި، މަދަނީ މައްސަލަތަކުގައި އަވަސް ނިޔާ ކަނޑައަޅުއްވާފައެވެ.

ޑެޕިއުޓީ ޕީޖީގެ މަގާމުން ނިހާޔަތު އިސްތިއުފާ ދެއްވުމުން އެ މަގާމުގައި މިހާރު ހުންނެވީ މަހުމޫދު ސަލީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް