Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 15:23
ދ.އަތޮޅު ހޮސްޕިޓަލް
ދ.އަތޮޅު ހޮސްޕިޓަލް
ގޫގުލް
ކާނާ ވިހަވުން
ކާނާ ވިހަ ވެގެން ދެ ރިސޯޓެއްގެ މުވައްޒަފުންނަށް ފަރުވާ ދެނީ
ހުރިހާ އެންމެންގެ ހާލު ސްޓޭބަލް

ދެ ރިސޯޓެއްގެ މުވައްޒަފުން ކާނާ ވިހަވެގެން ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް ކުޑަހުވަދޫގެ ކައުންސިލްގެ ރައީސް އަހުމަދު ޝާމް ވިދާޅުވީ އާދިއްތަ ދުވަހު ރިސޯޓެއްގައި މަސައްކަތް ކުރާ ހަ މީހަކު ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެނެސްފައިވާއިރު، އާދިއްތަ ދުވަހުގެރޭ 12 މީހުން ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތު ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުބާރު ހުރި ފަރާތަކުން ބުނީ ކަނޑިންމަ މޯލްޑިވްސް ރިސޯޓާއި، ޕާ އެކުއަމް ނިޔާމަ މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންތަކެއް ކާނާ ވިހަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ކުޑަހުވަދޫ ހޮސްޕިޓަލްގެ މެނޭޖަރު ތޯހިރު އަބްދުﷲ ރާފިއު ވިދާޅުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ހުރިހާ މީހުން ވެސް މިހާރު ސްޓޭބަލް ކަމަށާއި، އެމީހުން ބަލިވީ ކާނާ ވިހަވެގެންކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ.

''ހެދި ޓެސްޓުތަކުން ނޭނގެ. އެހެންވީމަ ސީދާ ނުދެންނެވޭނެ ކާނާވިހަވީއޭ. ބޮލުގަ ބަނޑުގަ ރިއްސާ، ހުން އައިސް، މާބޮޑަށް ހޮޑުލެވި، ގައިހިރުވަ މިކަހަލަ ކަންތައްތަކެއްވީ'' ތޯހިރު ވިދާޅުވިއެވެ.   

ތޯހިރު ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ކަނޑިންމަ ރިސޯޓުގެ 10 މުވައްޒަފުން ކަމަށާއި، ނިޔާމަ ރިސޯޓުގެ ތިން މުވައްޒަފުންނަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް