Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 13:03
މަޑަވެލި ހޯނޑެއްދޫ ކޯސްވޭ
މަޑަވެލި ހޯނޑެއްދޫ ކޯސްވޭ
ޓްވިޓަރ
ގދ. މަޑަވެލި
މަޑަވެލީގައި ހައުސިންގް ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިފި
މާރޗް މަހުގެ 31 ގެ ނިޔަލަށް ފުރުޝަތު ވަނީ ހުޅުވާލައިފަ

ގދ މަޑަވެލީގައި ޢިމާރާތްކޮށްފައިވާ 22 ހައުސިންގް ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަޑަވެލީ ކައުންސިލުން ހޯމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 11 މާރޗް އިން 31 މާރޗް 2019 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި ހައުސިންގް ޔުނިޓްތަކަށް އެދިލައްވާ ފަރާތްތަކުން ފޯރމް ފުރުވާލުމަށް ފަހު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00 އިން 13:00 އަށް އެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ފޯމްތައް ބަލައިނުގަނެވޭނެ ކަމަށާއި ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުސޫލާއި ޝަރުތު ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާނެ ކަމަށެވެ. އަދި ކައުންސިލް އިދާރާގެ ވެބްސައިޓް އިންވެސް ފޯމް ޑައުންލޯޑު ކުރެވޭނެކަމަށް އިއުލާނުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 މާރޗް 2019 | ހޯމަ 11:50
ihaaru.
މީ ނާޒީ ކޮންސަންޓުރޭޝަން ކޭންޕެއްތަ އަޅެފަހެ ހޭބައްޔެއްނުވާނެތަ