Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 12:50
ސަފީރު ޓުން ލައި
ސަފީރު ޓުން ލައި
ޓްވިޓަރ
މޯލްޑިވްސް - އީޔޫ ޑައިލޮގް
އިންވެސްޓާސް ޑައިލޮގްއެއް ބާއްވަން އީޔޫ އިން ޝައުގުވެރިކަން ފާޅުކޮށްފި
ޝެންގެން ވިސާ އަށް ލުއިފަސޭހަ ލިބޭނެ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި
މި ފަހަރުގެ ޑައިލޮގްގައި ގިނަ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވޭ

ރާއްޖެ-އީޔޫ އިންވެސްޓާސް ޑައިލޮގެއް ބާއްވަން ޝައުގުވެރިކަން އެބަހުރި ކަމަށް އީޔޫ ސަފީރު ޓަންގް-ލައި ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ބާއްވާ ހަތަރު ވަނަ އީޔޫ-މޯލްޑިވްސް ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އީޔޫ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓުން ލައި މާރގްއީޔޫ ވިދާޅުވީ، ރާއްޖެ އާ އީޔޫ އާއި ދެމެދު އިގްތިސާދީ ގޮތުން ގުޅުން ބަދަހި ކުރުމަށް ބޭނުންފުޅުވާ ކަމަށެވެ.  

އެގޮތުން އިޔޫ-ރާއްޖެ އިންވެސްޓާސް ފޯރަމެއް ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އަދި އެފަދަ ކަމަކަށް ފުރުޝަތު ލިބެއްޖެނަމަ އެކަން ކުރުމުގެ ޝައުގުވެރިކަން ސަފީރު ވަނީ ފާޅުކޮށްފައެވެ.

ޓުންގް ވިދާޅުވީ، އިންވެސްޓާސް ޑައިލޮގް ސްރީލަންކާގައި ބާއްވަމުން އައި ކަމަށާއި އެ ޑައިލޮގް ވެސް ވަރަށް ކާމިޔާބު ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ސަފީރު ވަނީ މަރުހަބާ ކިޔާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވި ދުވަހު ދެއްވި ހިތާބުގައި ، ރާއްޖޭގެ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ވިދާޅުވެފައިވާތީ އެކަމަށް ވެސް މަރުހަބާ ދަންނަވާ ކަމަށް ސަފީރު ވިދާޅުވިއެވެ.  

ސަފީރު ވިދާޅުވީ، ރާއްޖޭއިން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރެވޭ ގޮތަށް ޝެންގެން ވިސާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

 

 

އީޔޫ ޕޮލިސީ ޑައިލޮގް ގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދު. ފޮޓޯ/ ޓްވިޓާރ

 ޓުންގްގެ އިތުރަށް އީޔޫގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ، ޔޫރަޕިއަން ޔޫނިއަން، ފްރާންސް، ޖަރމަނީ ، ނެދަލެންޑްސް ، އޮސްޓްރިއާ ، ޗެކް ރިޕަބްލިކް، ސްވިޑްން ، ޕޮލެންޑް ، ރޮމޭނިއާ ، އިޓަލީ އަދި ޔުނައިޓެޑް ކިންގްޑަމްއިން ރާއްޖެއަށް ކަނޑައަޅާފައިވާ މިޝަންތަކުގެ ހެޑް އޮފް މިޝަންސް ނުވަތަ ޑެޕިއުޓީ ހެޑް އޮފް މިޝަންސްއެވެ.

މިއަހަރުގެ ޑައިލޮގްގައި މަޝްވަރާ ކުރެވޭނެ މައިގަނޑު ދާއިރާތަކަކީ ތަރައްޤީގެ ދާއިރާގައި އެއްބާރުލުން ދިނުން، ޑިމޮކްރަސީ ، ގަވަރނަންސް ، އިންސާނީ ހައްޤުތައް ، މޫސުމީ ބަދަލުތައް އަދި ސަލާމަތީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާއި ބެހޭ ގޮތުންނެވެ.  ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދެވެ. އަދި މީގެ އިތުރުން މިސަރުކާރުގެ މިނިސްޓަރުންގެ އިތުރުން އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

 އީޔޫ ވަފްދުގެ ބޭފުޅުން ރައީސް ސޯލިހާއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް