Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 11:51
ޕީއެސްއެމް ހިންގާ އިމާރާތް
ޕީއެސްއެމް ހިންގާ އިމާރާތް
ރާއްޖެ އެމްވީ
އެންޓިކަރަޕްޝަން ކަމިޝަން
ފެނަކައާއި ޕީއެސްއެމްގެ ކަރަޕްޝަން ބެލުމަށް އޭސީސީއިން ޚާއްސަ ތަހުގީގު ޓީމެއް
އެ އިދާރާތަކުގެ "ސީރިއަސް ކަރަޕްޝަންގެ މައްސަލަތަކެއް" އުޅޭތީ

ފެނަކަ ކޯޕަރޭޝަން އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި ހިންގާފައިވާ ކަރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓި ކަރަޕްޝަން ކަމިޝަން(އޭސީސީ) އިން ޚާއްސަ  ތަހުގީގު ޓީމެއް އެކުލަވާލައި މިހާރު ވެސް ތަހުގީގު ފަށާފައިވާ ކަމަށް އެކަމިޝަނުން ބުނެފިއެވެ.

އޭސީސީއަށް މިދިޔަ އަހަރު ސަރުކާރުގެ އިދާރާތަކުގެ 238 މައްސަލަ ހުށައަޅާފައިވާއިރު ފެނަކަ ކޯޕަރޭޝަނުގެ 52 މައްސަލަ އެކަމިޝަނަށް މިދިޔަ އަހަރު ވަނީ ހުށައަޅާފައެވެ. އަދި ޕީއެސްއެމްގެ 23 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ފެނަކަ އަދި ޕީއެސްއެމްއާއި ބެހޭ ކޮރަޕްޝަންގެ މައްސަލަތައް ބަލަން  ޚާއްސަ ކޮމެޓީއެއް އުފައްދައި ބަލަން ފަށާފައިވަނީ އެ އިދާރާތަކުގެ "ސީރިއަސް މައްސަލަތަކެއް" އުޅޭތީ ކަމަށެވެ. 

"  ފެނަކަ ކޯޕަރޭޝަން އަދި ޕަބްލިކް ސާވިސް މީޑިއާގެ މައްސަލަ ވަކިން ޚާއްސަ ކޮމެޓީއަކުން ބަލަން ފަށާފައިވަނީ އަޅުގަނޑުމެން. " މުއައްވިޒު ވިދާޅުވިއެވެ. 

ފެނަކަ އާއި ޕީއެސްއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ޚާއްސަ ކޮމެޓީއަކުން ބަލާއިރު، އެނގިފައިވާ ގޮތުގައި ޕީއެސްއެމްގެ ބޯޑުގައި ހުންނަވައިގެން ރައީސް ޔާމީންގެ ކެމްޕެއިންގައި ވަރަށް ބޮޑަށް އުޅުއްވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އިކުރާމާއި ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލްގެ ކަރަޕްޝަންގެ މައްސަލަތަކެއް ވެސް އޭސީސީން ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ޕީއެސްއެމުން ނެރުނު މަޖައްލާ، "މާލްދީބް" ނެރުމަށް ކުރި މަސައްކަތާއި ޕީއެސްއެމް އިމާރާތުގައި ކުލަލުން އަދި އަޑުގެ އެންޓަނާތައް ބަދަލު ކުރުން ފަދަ މަސައްކަތްތަކުގައި ހިމެނޭ ކަރަޕްޝަންގެ މައްސަލަތައް އޭސީސީން ދަނީ ބަލަމުންނެވެ. 

މީގެ އިތުރުން ޕީއެސްއެމުން ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެން އެ މީޑިއާގެ މެނޭޖިން ޑިރެކްޓަރގެ ހާއްސަ ބިއުރޯއެއް ހެދި މައްސަލައެއް ވެސް އޭސީސީ އިން ބަލަމުންދާކަން ވަނީ އެނގިފައެވެ. އޭރު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކީ އިބްރާހީމް ހަލީލެވެ. 

އަދި  ކުރީގެ ރައީސް ޔާމީން އަބްދުﷲ ގެ ކެންޕެއިނަށް ފެނަކަ މެދުވެރިކޮށް އެތަކެއް ހޭދަ ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުތައް ކުރެވިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 މާރޗް 2019 | ހޯމަ 08:11
ފެންނަ
1.3 މިލިއަން ރުފިޔާ އައް ކުރެވޭ މަސައްކަތް 7 މިލިއަން އައް ހަވާލުކޮއް ކޮންޓްރެކްޓަރ ލައްވާ ޓިކެޓު ނަގައިގެން ޗައިނާ އައް ދަތުރު ކުރަން އުޅުނު ފެނަކައިގެ ޕްރޮޖެކްޓް ސެކްޝަންގެ މިހާރު އިސްކޮއް ތިބި މީހުންގެ ކޮރަޕްޝަން ވެސް މީގެތެރޭ ބަލަންޖެހޭނެ. މީ ހާއްސަޓީމައް ބުނެލި ހާއްސަ ވާހަކައެއް. މިޖަރީމާ ހިންގީ ވެސް ޔާމީންގެ ވެރިކަމުގަ ކަމުގައިވެސް ބުނެލަން.