Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 11:12
އޭސީސީގެ ރައީސް ލުތުފީ
އޭސީސީގެ ރައީސް ލުތުފީ
މުހައްމަދު ޝަރުހާން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެމްއެމްޕީއާރުސީގެ ރިޕޯޓް ނެރުނީއްސުރެ ލުތުފީ އުޅުއްވަނީ ސަލާމާއި ޗުއްޓީގައި
އޮފީހަށް ނުނިކުންނަވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު ތަކާއި ގުޅިގެން


އެމްއެމްޕީއާރުސީގެ ރިޕޯޓް އާންމު ކުރީއްސުރެ އެންޓިކަރަޕްޝަން ކަމިޝަން(އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އުޅުއްވަނީ ސަލާމާއި ޗުއްޓީގައި ކަމަށް  އެ ކަމިޝަނުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ ރިޕޯޓް ނެރުނު ދުވަހުން ފެށިގެން ލުތުފީ ހުންނެވީ ސަލާމާއި ޗުއްޓީގައި ކަމަށާއި މިދިޔަ އާދީއްތަ ދުވަހު ޗުއްޓީ ހުސްވެގެން އާދީއްތަ ދުވަހު ސަލާމް ބުނުމަށް ފަހު އަނެއްކާވެސް ޗުއްޓީ ނަންގަވާފައިވާ ކަމަށެވެ. އަދި އޮފީހަށް ނުނިކުންނަވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތު ތަކާއި ގުޅިގެން އޮފީހަށް ނިކުތުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

" އެއް ދުވަހު ސަލާމް އަނެއްދުވަހު ޗުއްޓީ. މީގެ ދެ ދުވަސްކުރިން ސަލާމް ހުސްވެގެން އާދީއްތަ ދުވަހުން ފެށިގެން އެ ހުންނެވީ ޗުއްޓީގައި. " އޮފިޝަލް ވިދާޅުވިއެވެ.

ލުތުފީ އާއި އިތުރު ބަޔަކު ބައިވެރިވެގެން މަނީ ލޯންޑަރިން އަށް ތުހުމަތު ކުރެވޭ ގޮތަށް ހިންގި މާލީ މުއާމަލާތުތަކެއްގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ހާމަކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ލުތުފީގެ މަނީލޯންޑަރިންގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ މައްސަލަތަކުން އެމަނިކުފާނު ސަލާމަތް ކުރައްވަން މަގުފަހި ކުރެވޭ ގޮތަށް ލުތުފީ އަމަލު ކުރެއްވި ކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޔާމީންގެ އެކައުންޓަށް ވަން އެއްމިލިއަން ޑޮލަރުގެ މައްސަލަ  ބަލަން އޭސީސީން ހިންގި ތަހުގީގުގައި ވެސް  އެއްމިލިއަން ޑޮލަރު ޖަމާކުރި ޔާމީންގެ އެކައުންޓް ފްރީޒްނުކޮށް އެކްސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރުމަށް އެއްބަސްވުމެއް ހެދުމަށް އުޅުއްވިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް