Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 10:12
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ރާއްޖެއެމްވީ
ފަތުރުވެރިން
ޑައިވިންއަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެ
އެއީ ޖަޕާނު ފިރިހެނެއް

ޑައިވިންއަށް ފޭބި ފަތުރުވެރިއަކު ހާލުދެރަވެގެން ވ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ މަރުވެއްޖެއެވެ.

ފުލުހުން ބުނީ ވ.އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިންއަށް ފޭބުމަށްފަހު ހާލު ދެރަވީ 64 އަހަރު ޖަޕާން ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ މިމީހާ އިތުރުފަރުވާ ދިނުމަށް ވ.އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ މަރުވެފައިވާކަމުގެ މައުލޫމާތު އާދިއްތަ 21:48 ހާއިރު ލިބިފައިވާ ކަމަށެވެ.

މިމީހާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. 

ޑައިވިންއަށް ދިޔަ ފަތުރުވެރިއަކު މަރުވެފައިވާއިރު، ފަތުރުވެރިން ގެނބިގެން މަރުވާ މައްސަލަ ބޮޑުވެފައި ވާތީ، ފަތުރުވެރިން މޫދަށް އެރޭ ސަރަހައްދުތަކާއި، ރިސޯޓްތައް މޮނީޓާކޮށް ސަލާމަތީ ކަންކަން އިސްލާހު ކުރުމަށް ސިފައިންނާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކައުންސިލްތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން މިއަހަރު ތެރޭ 11 ފަތުރުވެރިއަކު ވަނީ މަރުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް