Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 10:44
މާލޭ ސިޓީ ކައުންސިލާއި ރައީސް ސޯލިހު ބައްދަލު ކުރައްވަނީ
މާލޭ ސިޓީ ކައުންސިލާއި ރައީސް ސޯލިހު ބައްދަލު ކުރައްވަނީ
ރައީސް އޮފީސް
މާލޭ ސިޓީ ކައުންސިލް
މާލޭ ރައްޔިތުންނާ ސިޓީ ކައުންސިލުން މިރޭ ބައްދަލު ކުރަނީ
ބައްދަލުވުން އޮތީ ދަރުބާރުގޭގައި

ހޯމަ ދުވަހުގެ ރޭ މާލޭ ރައްޔިތުންނާއި ސިޓީ ކައުންސިލުން ބައްދަލު ކުރަން ނިންމައިފިއެވެ. 

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނު)ގެ 110 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެ ސިޓީއަށް ނިސްބަތްވާ ކައުންސިލަރުންނާ ބައްދަލު ކުރާނެ ކަމަށެވެ. 

މި ބައްދަލުވުން އޮންނާނީ 11 މާރޗް 2019 ވާ ހޯމަ ދުވަހުގެ ރޭ 20:15 ގައި ދަރުބާރުގޭ ހަކުރާ މާލަމުގައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި މިދިޔަ އަހަރުން ފެށިގެން މިހާހިސާބަށް އެ ސިޓީ ކައުންސިލުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް ހާމަ ކުރައްވާނެ ކަމަށެވެ. އަދި އެ ކައުންސިލުން ކުރިއަށް ގެންދާނެ މަސައްކަތްތަކާއި ރައްޔިތުންގެ ޚިޔާލު ވެސް އެބައްދަލުވުމުގައި ހިމަނާނެ ކަމަށް ވިދާޅުވިއެވެ.

"މި ބައްދަލުވުމަކީ ގާނޫނު ބުނާގޮތުން ކޮންމެ އަހަރަކު ދެފަހަރު ޖެހޭ ރައްޔިތުންނާއި ބައްދަލު ކުރަން. އޭގެތެރެއިން މިއަހަރު ބާއްވާ ފުރަތަމަ ބައްދަލުވުން. ކައުންސިލުގެ ކަންތައްތައް ހާމަކުރާނެ މި ބައްދަލުވުމުގައި." ޝަމާއު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލެ ސިޓީ ކައުންސިލުގެ ބާރުތައް ހަނިކުރި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ވަނީ ކައުންސިލްތަކަށް އަލުން ބާރުތައް ދެއްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގައި ތިއްބަވަނީ 13 ކައުންސިލް މެމްބަރުންނެވެ. އޭގެ ތެރެއިން އެންމެ މެމްބަރެއް ފިޔަވައި ހުރިހާ މެމްބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް