Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 09:24
ރައްޔިތުންގެ މަޖިޅިހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްޜާހިމް ދީދީ ( އައިބީ)
ރައްޔިތުންގެ މަޖިޅިހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްޜާހިމް ދީދީ ( އައިބީ)
މުހައްމަދު ޝަރުހާން
އިބްރާހިމް ދީދީ
ރައްޔިތުންގެ މަޖިލީހުގައި ރައީސް ސޯލިހު ފަޚުރުވެރިވާ ފަދަ މީހަކަށް ވާނަން: މެންބަރު އައިބީ
ގައުމަށް ލިބޭ ރެވެނިއުއަށް ވުރެން ބޮޑު އެއްޗެއް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރަންޖެހޭ
މަޖިލީހަށް ހޮވިއްޖެނަމަ ގައުމު ތަރައްގީ ކުރުމާއިގެން ވަރުބަލި ކަމެއްނެތި މަސައްކަތް ކުރާނަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަޚުރުވެރިވާ ފަދަ މީހަކަށް ވާނެކަމަށް ރައްޔިތުންގެ މަޖިޅިހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ( އައިބީ)ވިދާޅުވެއްޖެ އެވެ.

 

އާދިއްތަ ދުވަހުގެ ރޭ އޮތް އައިބީގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ މަޖިލީހަށް ހޮވިއްޖެ ނަމަ ރައީސް ސޯލިހު އެކޭ އެއްފަދައިން ގައުމު ތަރައްގީ ކުރުމައިގެން ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

އައިބީ ވަނީ ރާއްޖޭގައި އަދުލު އިންސާފް ގާއިމް ކޮށްދެއްވުމަށް ރައީސް ސޯލިހުއަށް ގޮވާލެއްވުމުގެ އިތުރުން ރައީސަށް އެކަން ކުރެއްވޭ ކަމަށް ވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ވެރިކަން ކޮށްފައިވާ އެއްވެސް ވެރިއަކާއި މެދު ބޭއިންސާފުން ކަންތައް ކޮށްގެން ނުވާނެ ކަމަށާއި އެއީ ކުރީގެ ރައީސެއް ކަމުގައި ވިޔަސް އަދި ފަހުގެ ރައީސެއް ކަމުގައި ވީނަމަވެސް އިންސާފް އެންމެންނަށް ވެސް ހަމަހަމަކޮށް ލިބެންޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީގެ މެންބަރުކަން ވެސް ކުރައްވާ އައިބީ ވިދާޅުވީ ގައުމަށް ލިބޭ ރެވެނިއުއަށް ވުރެން ބޮޑު އެއްޗެއް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރަންޖެހޭ ކަމަށާއި އެހެން ވުމުގެ ސަބަބުން ރައްޔިތުންގެ ތަރައްގީއަށް ހޭދަކުރަން ހުންނަ ފައިސާ މަދުވެގެން ދާކަމަށެވެ.

"ވަކިޕާޓީއެއްގެ ކުލަ ޖަހައިގެނެއްނޫން ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭނީ ރައްޔިތުންނަށް ޚިދުމަތް ކުރާ މީހާގެ ހުންނަން ޖެހޭނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަން. ޚިދުމަތްތެރިކަން. މިއޮތީ އެކަން އަމިލައަށް ދައްކާފަ." އިބްރާހިމް ދީދީ ވިދާޅުވިއެވެ.

 މީގެ އިތުރުން ރާއްޖޭގައި 187 ރަށް އޮންނަކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވި އެއިން ކޮންމެ ރަށަކަށް ވެސް އަސާސީ ޚިދުމަތްތައް ބޭނުންވާނެ ކަމަށާއި ހަމަ އެފަދައިން ފޭދޫ ދާއިރާއަކީ ވެސް ވަރަށް ގިނަ ޚިދުމަތްތައް ބޭނުންވެފައިވާ ދާއިރާއެއް ކަމަށެވެ. އަދި އެކަންކަން ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 މާރޗް 2019 | ހޯމަ 06:34
ކޭމާޓް
ކޮބާ މިމީހުންގެ ލަދު؟