Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 10:24
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި ކާނަލް ނާޒިމް(ވ)
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި ކާނަލް ނާޒިމް(ވ)
ޓްވިޓަރ
ކާނަލް ނާޒިމް
ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލަ އެމްޑީޕީން އެސީސީއަށް ހުށައަޅައިފި
ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ނާޒިމް ވިދާޅުވޭ

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އދ. ދަނގެތީ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު  މުހައްމަދު ނާޒިމްގެ ރިޝްވަތުގެ މައްސަލަ ބަލައިދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ.  

އެމްޑީޕީން ބުނީ އދ. ދަނގެތީ ހަނދުރުނބާ ގިޑިގެ އެޅުމުގެ ހުރިހާ ޚަރަދެއް ފަންޑުކޮށް ދިނީ އދ. ދަނގެތީ ދާއިރާއަށް، ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ނާޒިމުގެ ނަމުގައި އޮންނަ “ނާޒިމް އަފާފު ފައުންޑޭޝަނުން” ކަމުގައި ބުނާތީވެ، ހޯމަ ދުވަހު އޭސީސާއަށް ހުށައަޅާފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގައި އެ މައްސަލަ އެމްޑީޕީ އިން ވަނީ އިންތިހާބީ ކަންތައްތަކާ ބެހޭ މައި އިދާރާ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ. އެ ކޮމިޝަނުގެ ލަފާ ދިނީ މައްސަލަ ވަނީ އޭސީސީއަށް ހުށައަޅާފައެވެ.

"އަޅުގަނޑުމެން އެދެނީ އެއްވެސް ޝަރުތަކާނުލާ އޭސީސީން މި މައްސަލަ ބަލާ ދެއްވުމަށް،" އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަފްޝަން ލަޠީފު ވިދާޅުވިއެވެ.

އެމްޑީޕީން އިތުރަށް އެމައްސަލަ އާއި ގުޅިގެން ހުށައަޅާފައިވާ ހެކިތަކުގެ ތެރޭގައި 22 ފެބްރުއަރީ 2019 ގައި، ދަނގެތި ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ވައިބަރ ގްރޫޕެއް ކަމުގައިވާ “ދާއިރާގެ ދަރިއެއް ސަންކޮ” ގައި، ކެނޑިޑޭޓް މުޙައްމަދު ނާޒިމަށް ތާއިދުކުރާ ފަރާތަކުން ލިޔުނު ޕޯސްޓެއްގައި ނާޒިމް އަފާފު ފައުންޑޭޝަންގެ ދީލަތި އެހީގައި ދަނގެތި ހުކުރު މިސްކިތު ކާޕެޓް އަޅައި ނިމި، އޭސީގެ ފިނި ހިފެހެއްޓުމަށް ބޭނުންވާ އެއަރކުޝަންއެއް ބަހައްޓާ ނިންމާލެވިއްޖެ”ކަމުގައި ބަޔާންކޮށްފައިވާކަމަށެވެ.

މީގެ އިތުރުން 24 ފެބްރުއަރީ 2019 ގައި އދ. ދަނގެތީ ސްކޫލްގެ ބެލެނިވެރިންނަށް ބަހާފައިވާ ދަނގެތީ ސްކޫލް ބޯޑްގެ ދަޢުވަތު ކަރުދާހެއްގައި ނާޒިމް އަފާފް ފައުންޑޭޝަންގެ ފަރާތުން ސްކޫލަށް ހަދިޔާކޮށްފައިވާ ތަކެތި ރަސްމީކޮށް، ހަވާލުކުރުން އޮންނާނެ ކަމަށް ބަޔާންކޮށް، ރަސްމިއްޔާތުގައި ބައިވެރިވުމަށް ބެލެނިވެރިންނަށް ދަޢުވަތު ފޮނުވާފައިވާކަމުގެ ތުހުމަތު ހިމަނާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލަ އެއް ހުށައަޅާފައިވާއިރު، ގާނޫނާ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، އޭނާގެ ފައުންޑޭޝަނުން ދިވެހިރާއްޖޭގެ ގާނޫނާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ނާޒިމްއާ ހަވާލާދީ ވީ ނިއުސް އިން ރިޕޯޓްކުރެއެވެ.

އަދި އިންތިހާބު ފަށާ ތާރީހުން ފެށިގެން ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހުގެ ނިޔަލަށް އިންތިހާބާއި ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓޭއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ފޯރުކޮށްދިނުން ނުވަތަ ކޮށްދޭނޭ ބުނުމަކީ އެ ގާނޫނޫގެ 74 ވަނަ މާއްދާގެ ( ހ ) ގެ 11 އަދި 12 ވަނަ މާއްދާގައި ކުށެއް ކަމަށް ބަޔާން ކޮށްފައިވެއެވެ،

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް