Advertisement
ކ. މާލެ
|
11 މާރޗް 2019 | ހޯމަ 09:22
ނިޔާޒުގެ ފައިގައި ނިޝާންތަކެއް، އާއިލާގެ ތުޙުމަތުތައް މިނިސްޓްރީން ދޮގުކުރޭ
ނިޔާޒުގެ ފައިގައި ނިޝާންތަކެއް، އާއިލާގެ ތުޙުމަތުތައް މިނިސްޓްރީން ދޮގުކުރޭ
މުހައްމަދު ޝަރުހާން
އަލީ ނިޔާ
ނިޔާވި މީހާގެ ފައިގައި ހުރީ އާއިލާއިން ޗޭނު ޖެހި ނިޝާން: ޖެންޑަރ
އާއިލާއިން އޭނާ ގެންގުޅުނީ ޗޭނު ޖަހައިގެން ކަމަށް ތުހްމަތު ކުރެވޭ

ދައުލަތުން ބަލަހައްޓަމުން ދަނިކޮށް ހޮނިހިރު ދުވަހު ނިޔާވި މީހާގެ ފައިގައި ހުރި ނިޝާންތަކަކީ އާއިލާއިން ޗޭނު ޖެހި ނިޝާންތައް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ބުނި ގޮތުގައި ސްޓްރޯކެއް ޗެހިގެން ހޮނިހިރު ދުވަހު ނިޔާވި އުމުރުން 42 އަހަރުގެ ފިރިހެން މީހާގެ ފައިގައި ހުރި ލަކުނަކީ ޗޭނު ޖަހައިގެން ގެންގުޅެފައި ވާތީ ލާފައިވާ ލަކުނެއް ކަމަށް ބެލެވޭ ކަމަށެވެ. 

ދައުލަތުގެ ބެލުމުގެ ދަށަށް މިދިޔަ ޑިސެމްބަރު މަހު އޭނާ ގެންދިޔައިރު ވެސް ސިއްހީ ހާލަތު ވަރަށް ދަށް ކަމަށާއި އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ހުށަހެޅުމާއި އެޗްއާރުސީއެމްގެ ލަފާ މަތިން ކަމަށް ޖެންޑަރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ. 

"އެ މީހާގެ އާއިލާއިން ވަނީ ވަރަށް ބޮޑަށް އިހްމާލުވެފައި. ޗޭނު ޖަހައިގެން ގެންގުޅުނު ކަމަށް ބެލެވޭ ނިޝާންތައް ފުރަތަމަ  ދުވަހު ވެސް އިންވެސްޓިގޭޝަންގައި ފާހަގަކުރެވުނު. އިހްމާލުގެ މައްސަލަ އަދި މިކަމުގައި ޖިނާއީ އެހެން ކުށެއް އެކުލެވޭނަމަ އެކަން ވެސް ބަލާނެ،" އޮފިޝަލް ވިދާޅުވި އެވެ. 

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބަލަހައްޓަމުން ދިޔަ އެ މީހާ ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްކުރީ މިދިޔަ މަހުގެ 24 ގަ އެވެ. އައިޖީއެމްއެޗަށް ގެނައުމުގެ ކުރިން ގުރައިދޫ ހެލްތު ސެންޓަރުގައި ދެ ފަހަރެއްގެ މަތިން އޭނާ އެޑްމިޓް ކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް