Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 19:08
ސްޓޭޓް ބޭންކް އޮފް އިންޑިއާ - ފައިސާތަކެއް ފޭރިގަނެފައިވަނީ އެ ސަރަހައްދުން
ސްޓޭޓް ބޭންކް އޮފް އިންޑިއާ - ފައިސާތަކެއް ފޭރިގަނެފައިވަނީ އެ ސަރަހައްދުން
މުހައްމަދު ޝަރުހާން
ފުލުހުން
ހެލްމެޓް އަޅައިގެން ފައިސާތަކެއް ފޭރުނު މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި
4 މީހުން ހައްޔަރުކޮށް މައްސަލަ އަންނަނީ ތަހުޤީޤްކުރަމުން

ހެލްމެޓް އަޅައިގެން ތިބެ ފައިސާތަކެއް ފޭރިގަތް މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. 

ހެލްމެޓް އަޅައިގެން ތިބި ހަތަރު މީހަކު، ފައިސާތަކެއް ފޭރިގެންފައި ވަނީ އާދިއްތަ ދުވަހު ހެނދުނު ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ ސަރަހައްދުންނެވެ. ފައިިސާތައް ފޭރިގަނެފައި ވަނީ ތޫނު އެއްޗަކުން ހަމަލާދިނުމަށް ފަހުއެވެ. 

އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:53 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޭރުނު މައްސަލާގައި ހިމެނޭ 4 މީހުންވެސް ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ. 

ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދެ މީހަކާއި، 18 އަހަރުން ދަށުގެ ދެ ކުޑަކުދިންކަމަށް ފުލުހުން ބުންޏެވެ. 

ފޭރިގަތް ފައިސާގެ އަދަދު 2,377,881.99 (ދެ މިލިއަން ތިން ލައްކަ ހަތްދިހަ ހަތް ހާސް އަށްސަތޭކަ އަށްޑިހަ) ރުފިޔާ އަށް އަރައެވެ. 

ރޭ ދަންވަރު 12 ގެ ފަހުން ވަނީ 30 ކިލޯމީޓަރަށް ވުރެން ބާރަށް ދުއްވާ ތަންތަނުގައި ހެލްމެޓް އަޅައިގެން ދުއްވުމަށް މަޖުބޫރު ކޮށްފައެވެ. އަދި ހެލްމެޓު އެޅުމުން ކާކުކަން ނޭންގޭ ގޮތަށް މޫނު ފޮރުވޭ ހެލްމެޓް އެޅުމަކީ މަނާކަމެއް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް