Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 19:12
ގެއްލިގެން ހޯދަމުން އަންނަ އާމިނަތު ޝިމާ
ގެއްލިގެން ހޯދަމުން އަންނަ އާމިނަތު ޝިމާ
ފޭސްބުކް
އާމިނަތު ޝިމާ
ގެއްލުނު ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަނިކޮށް، ކަނޑުމަތިން ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް

ޑިންގީއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަ އައިމިނަތު ޝިމާ ނާފިޒުގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅެނިކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ. 

ހައްޔަރުކުރި މީހުންގެ ތެރޭގައި އިބްރާހިމް ފަޒީލް ވެސް ހިމެނެއެވެ. އޭނާއަކީ ޝިމާ ގޮވައިގެން ޑިންގީގައި ދަތުރުކުރި މީހާއެވެ. 

ފަޒީލާއި ޝިމާ ދަތުކުރު ޑިންގީ ބަންޑުން ޖަހާލައިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ހާދިސާގައި ފަޒީލް، ފަތާފައި ސަލަމަތްވިއިރު، އަދިވެސް ޝިމާ ފެނިފައެއް ނުވެއެވެ. 

އެނގިފައިވާ ގޮތުގައި ސިމާގެ ކޮއްކޮ ގެވައިގެން ފިލަން އުޅުނު ތިން މީހުން ވެސް ތިބީ މޫނު ނިވާކޮށްގެންނެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލ. މާމެންދޫ އިން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ތިން މީހަކު ޑިންގީއެއްގައި ދަނިކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ސިކް ސެންސަސް ރިސޯޓް ސަރަހައްދުުން ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 މާރޗް 2019 | އާދީއްތަ 18:43
Kane
ފުލުހުން ނަށް މިފަހަރު މިކަން ވީގޮތް ބެލެންވާނެ