Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 18:48
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ޕެންޝަން ފަންޑު
ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ފާސްކުރި އިސްލާހް ރައީސް ތަސްދީޤްކުރައްވައިފި
އިސްލާހް މަޖިލީހުން ފާސްކޮށްފައި ވަނީ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު

ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ. 

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައި ވަނީ އާދިއްތަ ދުވަހުއެވެ. އެ ޤާނޫނު ތަސްދީޤްކުރެއްވުމާ އެކު ދިވެހި ސަރުކާރުގެ ގެޖެޓްގައި ވަނީ ސާއިރުކޮށްފައެވެ. 

ޕެންޝަން ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭނީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެންނެވި މި އިސްލާހާ ގުޅިގެން، މި ޤާނޫނުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ހަރަދުކުރެވޭގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް