Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 17:40
ފަތުރުވެރިއަކު މޫދުގައި: ގެނބިގެން ފަތުރުވެރިން މަރުވާ މައްސަލަ ބޮޑު
ފަތުރުވެރިއަކު މޫދުގައި: ގެނބިގެން ފަތުރުވެރިން މަރުވާ މައްސަލަ ބޮޑު
ރާއްޖެ އެމްވީ
ގެނބިގެން މަރުވުން
އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއަހަރު ގެނބިގެން މަރުވި އަދަދު 10!
މަރުވެފައި އޮއްވާ ފެނުނީ 70 އަހަރުގެ ޗައިނާ މީހެއް

އއ. ތޮއްޑޫ ގެސްޓްހައުސަކަށް ޗުއްޓީ ހޭދަ ކުރަން ދިޔަ ޗައިނާ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އޭނާގެ ހަށިގަނޑު ފެނުނީ އއ. މަޑިވަރު ފިނޮޅު ކައިރީ، މޫދުގައި މަރުވެފައި އޮއްވާ ފެނުނީ 70 އަހަރުގެ ޗައިނާ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރީ އާދީއްތަ ދުވަހުގެ މެންދުރުފަހު ކަމަށާއި އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަައްކަތް ކުރަމުންދާ ކަމަށެވެ. އޭނާއަކީ ތޮއްޑޫ ގެސްޓްހައުސަކަށް ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައި ފަތުރުވެރިއެއް ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން މިއަހަރު ތެރޭ 10 ފަތުރުވެރިއަކު ވަނީ މަރުވެފައެވެ. 

ޓޫރިސްޓުން ގެނބިގެން މަރުވާ މައްސަލަ ބޮޑުވެފައި ވާތީ، ޓޫރިސްޓުން މޫދަށް އެރޭ ސަރަހައްދުތަކާއި، ރިސޯޓްތައް މޮނީޓާކޮށް ސަލާމަތީ ކަންކަން އިސްލާހު ކުރުމަށް ސިފައިންނާއި، ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކައުންސިލްތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް