Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 13:44
އޭސީސީގެ މެމްބަރުން
އޭސީސީގެ މެމްބަރުން
ޝުއައިބް މުހައްމަދު އިގްބާލް
އެންޓިކަރަޕްޝަން ކަމިޝަން
ނިމިދިޔަ އަހަރު ދައުލަތުގެ ކުންފުނިތަކުގެ ކަރަޕްޝަންގެ 238 މައްސަލަ، އެންމެ ގިނައީ ފެނަކައިގެ މައްސަލަތައް
ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 278 މައްސަލަ އެކަމިޝަނުން ބެލި

ނިމިދިޔަ އަހަރު ދައުލަތުގެ ކުންފުނި ތަކުގެ ކަރަޕްޝަންގެ 238 މައްސަލަ ބަލާފައިވާ ކަމަށާއި އޭގެތެރޭގައި އެންމެ ގިނައީ ފެނަކައިގެ މައްސަލަތައް ކަމަށް އެންޓި ކަރަޕްޝަން ކަމިޝަން(އޭސީސީ)އިން ބުނެފިއެވެ. 

ދެހާސް އަށާރަވަނަ އަހަރު އޭސީސީއިން ރެޖިސްޓްރީ ކޮށްގެން 930 މައްސަލަ ވަނީ ބަލާފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭސީސީން ތަހުގީގު ކުރި މައްސަލަތަކުގެ ތަފުސީލްތައް ހާމަކުރައްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެކަމިޝަނަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދި ބޮޑެތި މައްސަލަތައް ފާހަގަ ކުރެވިފައިވަނީ ދައުލަތުގެ ކުންފުނިތަކުން ކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން 52 މައްސަލަ އެކަމިޝަނަށް މިދިޔަ އަހަރު ވަނީ ހުށައަޅާފައެވެ. ފެނަކައިގެ އިތުރުން ދެން އެންމެ ގިނަ މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ އެސްޓީއޯގެ މައްސަލަތަކެވެ. އެސްޓީއޯގެ 31 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު ޕީއެސްއެމްގެ 23 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

އެމްޕީއެލްގެ 19 މައްސަލައަކާއި، ގްރޭޓާ މާލެ އިންޓަސްޓްރިއަލް ޒޯންގެ 13 މައްސަލައަކާއި، އެމްޓީސީސީގެ 10 މައްސަލައަކާއި، އެޗްޑީސީގެ 9 މައްސަލައަކާއި، އެމްއެމްޕީއާރްސީގެ 9 މައްސަލައަކާއި އެހެން ކުންފުނިތަކުގެ 72 މައްސަލައެއް މިދިޔަ އަހަރު އޭސީސީއަށް ވަނީ ހުށަހަޅާފަ އެވެ.
އަދި ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 2018 ވަނަ އަހަރު  278 މައްސަލަ އެކަމިޝަނުން ބަލަން ފަށާފައިވެއެވެ. 

ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ސިޔާސަތުތަކުގެ މައްޗަށް ހާއްސަ ކަރުދާހެއް ވެސް އެކުލަވާލައި ސަރުކާރަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
މީގެއިތުރުން ކުންފުނިތަކުގެ ތެރޭގައި ހުރި މައްސަލަތައް މަދުކުރުމަށްޓަކައި ކުންފުނިތަކުގެ ބޯޑު މެންބަރުންނާ ބައްދަލުކޮށް އެކަމަށް މަޝްވަރާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 
އޭސީސީއިން ނިމިދިޔަ އަހަރު ދައުލަތުގެ ކުންފުނި ތަކުގެ ކަރަޕްޝަންގެ 238 މައްސަލަ ބަލާފައިވާއިރު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ހިންގާފައިވަނީ ވެސް ދައުލަތުގެ ކުންފުންޏެެއް ކަމަށްވާ އެމްއެންޕީއާރުސީ މެދުވެރިކޮށެވެ. 2017 ވަނަ އަހަރު ހިންގާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އަގު 1.3 ބިލިއަނަށް އަރައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް