Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 11:18
ސްޓޭޓް ބޭންކް އޮފް އިންޑިއާ
ސްޓޭޓް ބޭންކް އޮފް އިންޑިއާ
މުހައްމަދު ޝަރުހާން
ވައްކަން
ހެލްމެޓް އަޅައިގެން ތިބި ބަޔަކު މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގެންފި
އެ މީހާއަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި

ހެލްމެޓް އަޅައިގެން ތިބި ބަޔަކު މީހަކަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހެލްމެޓް އަޅައިގެން ތިބި 4 މީހަކު ސްޓޭޓޭ ބޭންކް އޮފް އިންޑީއާ ( އެސްބީއައި ) ކައިރިން ހިނގާފައި ދިޔަ ދިވެއްސަކަށް ތޫނުއެއްޗަކުން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:53 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށާއި އަނިޔާ ލިބުނު މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ރޭ ދަންވަރު 12 ގެ ފަހުން ވަނީ 30 ކިލޯމީޓަރަށް ވުރެން ބާރަށް ދުއްވާ ތަންތަނުގައި ހެލްމެޓް އަޅައިގެން ދުއްވުމަށް މަޖުބޫރު ކޮށްފައެވެ. އަދި ހެލްމެޓު އެޅުމުން ކާކުކަން ނޭންގޭ ގޮތަށް މޫނު ފޮރުވޭ ހެލްމެޓް އެޅުމަކީ މަނާކަމެއް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް