Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 10:49
ރޭ ބޭއްވި ހަފްލާގެ ތެރެއިން
ރޭ ބޭއްވި ހަފްލާގެ ތެރެއިން
މުހައްމަދު ޝަރުހާން
ސިފައިން
ރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިން : ޑިފެންސް މިނިސްޓަރ
ސިފައިންނަކީ ޤައުމަށް ކުރިމަތިވާ ކޮންމެ އުދުވާނަކުން ހުށިޔާރުކަމާއިއެކު ޤައުމުގެ މިނިވަންކަން ދިފާޢު ކުރަން ތިބޭބައެއް

ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިން ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީޑީއެސްއެސް) އިން ހިންގި 13 ވަނަ ފިޒިކަލް އިންސްޓްރަކްޓަރ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ ސިފައިންނަކީ ޤައުމަށް ކުރިމަތިވާ ކޮންމެ އުދުވާނަކުން ހުށިޔާރުކަމާއި އަދި ޤާބިލްކަމާއެކު ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދިފާޢު ކުރަން ތިބޭބައެއް ކަމަށާއި މިކަން ހާސިލު ކުރެވޭނީ ސިފައިންނަކީ ދުޅަހެޔޮ އަދި ތަމްރީން ލިބިފައިވާ ޤާބިލް ބައެއްގެ ގޮތުގައި ދެމިތިބެގެން ކަމަށެވެ.

ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ސިފައިންކަން ފާހަގަ ކުރައްވައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސިފައިން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށެވެ. އަދި މިކަން ކުރެވޭނީ އުސޫލުތައް ހަރުދަނާ ކުރެވިގެން ކަމަށާއި  ސިފައިންގެ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސީނިއަރ ލީޑަރޝިޕުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ .

ކަޅުތުއްކަލާ ކޮށީ ހެވިކަމުގެ މައިދާނުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އިނާމު ހަވާލު ކޮށްފައެވެ. ކޯސް ފުރިހަމަ ކުރި ސިފައިންނަށް ސެޓްފިކެޓާއި ކަށިގަނޑު ޙަވާލު ކޮށްދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެ ޔުނިޓްތަކުގެ ކޮމާންޑަރުންނާއި، ކޯހުގެ މުދައްރިބުންނާއި، އަދި ދަރިވަރުނާއި ދަރިވަރުންގެ ބެލެނިވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް