Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 10:34
އިލްޔާސް ހުސައިން
އިލްޔާސް ހުސައިން
ގޫގުލް
ޝެއިޚް އިލްޔާސް
އިސްލާމްދީނުގެ އުސޫލުތަކަށް ފާޑުކިޔާ ބަޔަކާއެކު ހިތާ ހިތުގެ ގުޅުމެއް ނުބޭއްވޭނެ: އިލިޔާސް
"ހިތާއި ހިތުގެ ގުޅުން" އެއީ އެމްޑީޕީއިން ބޭނުން ކުރި ޝިއާރެއް

އިސްލާމް ދީނުގެ އުސޫލުތަކަށް ފާޑުކިޔާ ބަޔަކާއެކު ހިތާހިތުގެ ގުޅުމެއް ނުބޭއްވޭނެ ކަމަށް ޝެއިހް އިލިޔާސް ހުސައިން ވިދާޅުވެއްޖެއެވެ. 

އިލިޔާސް އާދީއްތަ ދުވަހު  ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ކިތަންމެ ސަޕޯޓުކުރިއަސް، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ނުހިތާ ދީނުގެ އުސޫލުތަކަށް ފާޑުކިޔާ ދީނާ ބީރަށްޓެހި ސަގާފަތެއް ފަތުރާބަޔަކާއެކު ހިތާ ހިތުގެ ގުޅުމެއް ނުބެހެއްޓޭނެ ކަމަށެވެ. އަދި އެ އީ މުސްލިމުންނަށް ހުއްދަ ވެގެންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. 

"ކިތަންމެ ސަޕޯޓެއް ކުރިޔަސް އިސްލާމްދީނަށް ހުރުމަތްތެރިކޮށް ނުހިތާ ދީނުގެ އުސޫލުތަކަށް ފާޑުކިޔާ ދީނާއި ބީރައްޓެހި ސަގާފަށް ފަތުރާ ބަޔަކާއި އެކު ހިތާއި ހިތުގެ ގުޅުމެއް ނުބެހެއްޓޭނެ. އެއީ މުސްލިމުންނަށް ހުއްދަވެގެންވާކަމެއް ނޫން. އިލާހީ މި ބަސްފުޅު ވިދާޅުވެ ދެއްވާ ދެން ފައިސަލާ ކުރައްވާ" ގުރުއާނުގެ އާޔަތަކާއި އާޔަތުގެ މާނަ އެޓޭޗް ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިލްޔާސް ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އަދި ރައީސް ސޯލިހު ރާއްޖޭގެ ރައީސް ކަމަށް އިޚްތިޔާރު ކުރެއްވީ ހިކުމަތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

އިލްޔާސް އެގޮތަށް ޓްވީޓު ކުރެއްވި އިރު ވަކި ބައެއްގެ ނަމެއް ފާހަގަ ކުރައްވާފައެއް ނުވެއެވެ. އަދި ފާޑު ކިޔާފައިވަނީ ދީނުގެ ކޮން އުސޫލަކަށްކަމެއް ފާހަގަ ކުރައްވާފައެއް ނުވެއެވެ. އެކަމަކު "ހިތާއި ހިތުގެ ގުޅުން" އެއީ އެމްޑީޕީއިން ބޭނުން ކުރި ޝިއާރެކެވެ. އެއީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ އަނބުރާ ވަޑައިގަތް ދުވަހު ބޭނުންކުރި ޝިއާރެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް