Advertisement
ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 00:18
ވަޒީރުކަމުގެ ފަތްކޮޅުގައި އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސައިން ސޮއި ކުރައްވަނީ
ވަޒީރުކަމުގެ ފަތްކޮޅުގައި އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސައިން ސޮއި ކުރައްވަނީ
ރައީސް އޮފީސް
އެންވާރަމެންޓް މިނިސްޓަރު
އަސްލު ޖޭޕީ މީހަކު ޕީޕީއެމް/ޕީއެންސީއަކަށް ވޯޓެއް ނުދޭނޭ: މިނިސްޓަރު ހުސައިން
ރައީސް ސޯލިހުގެ ވެރިކަން ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އަސްލު މެމްބަރަކު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭތަކަށް ވޯޓެއް ނުދޭނެ ކަމަށް އެ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމަށް ވަޑައިގެންނެވި، އެންވާރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކޯލިޝަން މިހާރު ނެތް ކަމަށް ބުނެ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހޮނިހިރު ދުވަހު ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުން މިނިސްޓަރު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ކޯލިޝަނެއް ނެތް ކަމަށް އަބްދުއްރަހީމަށް ގަބޫލުކުރެވުނަސް ސަރުކާރު ކޯލިޝަން އުވިގެން ނުދާނެ ކަމަށެވެ.

 

ހަމައެއާ އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދިފާއު ކުރައްވާނެ ކަމަށް ވެސް ޑރ. ހުސައިން ވިދާޅުވިއެވެ.

 ''އަސްލު ޖޭޕީ މީހަކު ޕީޕީއެމް/ޕީއެންސީ އަކަށް ވޯޓެއް ނުދޭނެ އިނގޭތޯ؟'' ޖޭޕީގެ ނައިބު ލީޑަރު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރު އެހެން ވިދާޅުވެފައިވާއިރު، ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ނުކުންނަ 32 ކެންޑިޑޭޓަކަށް ތާއިދު ކުރަން ނިންމާފައިވާ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް