Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 23:58
ހޯރަފުށީ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަހުމަދު ސަލީމް ބައެއް މީހުންނާ ސަލާމް ކުރައްވަނީ
ހޯރަފުށީ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަހުމަދު ސަލީމް ބައެއް މީހުންނާ ސަލާމް ކުރައްވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ހދ. އަތޮޅު
އަމާޒަކީ ތިލަދުންމަތީގައި 8000 ޓޫރިސްޓު އެނދު ތަރައްގީ ކުރުން: މިނިސްޓަރު ފައްޔާޒު
ހޯރަފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ: ފައްޔާޒް
މަސް ބޭރުކުރެވޭ ގޮތަށް މަސްފެކްޓްރީތައް ގާއިމް ކުރެވިގެންދާނެ

މި ސަރުކާރުގެ ފަސް އަހަރު ތެރޭގައި ތިލަދުއްމަތީގައި ޓޫރިޒަމް ފުޅާކުރުމަށް 8000 އެނދު ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ހޯރަފުށި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އަހްމަދު ސަލީމް (ސައްލެ) ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހޮނިހިރު ދުވަހުގެ ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން އުތުރުގެ އަތޮޅުތަކަށް މާ ބޮޑު ސަމާލު ކަމެއް ދީފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއް ތަރައްގީ ކުރުން ކަމަށެވެ.

''ރާއްޖޭގެ ޓޫރިޒަމް މިހާ ވަރުގަދަ ސިނާއަތަކަށްވެފައި އޮންނައިރު ވެސް އުތުރުގެ ޓޫރިޒަމް ވަރަށް ދަށްކޮށް އަދި މި އޮތީ. ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މަދު ވެގެން މި ފަސް އަހަރު ނިމެންވާއިރަށް 8000 އެނދު ބޮޑު ތިލަދުންމަތީގައި ގާއިމް ކުރުން،'' އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއު ހިންގުމަށްޓަކައި މިހާރު ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ދިވެހި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ފަހި މަހާއުލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ހޯރަފުށީގައި ހަދަން ހަމަޖެހިފައިވާ އެއާޕޯޓަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ، ހޯރަފުށި އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ހއ. ހޯރަފުށީ އެއާޕޯޓް އެޅުމަށް ސާރވޭކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށާފައި ވަނީ ފެބްރުއަރީ މަހުއެވެ.

މީގެ އިތުރުން އުތުރުގެ އަތޮޅުތަކުން ބާނާ މަސް މާލެއާ ހަމަޔަށް ނުގެނެސް ފަސޭހަ އިން މަސް ކިރޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއަށް ބާރުދެއްވަމުން ފައްޔާޒް ވިދާޅުވީ، މަސްވެރިކަމަށް ބޭނުންވާ އައިސް ފަދަ ތަކެތި ލިބޭ ގޮތް އުތުރުގައި ގާއިމް ކުރެވި، މަސް ބޭރުކުރެވޭ ގޮތަށް މަސްފެކްޓްރީތައް ގާއިމް ކުރެވިގެންދާނެ ކަމަށެވެ.

ކުރީ ސަރުކާރުން ހަދާފައިވާ އައިހެވަން ޕްރޮޖެކްޓަށް އިޝާރާތް ކުރައްވައި މިނިސްޓަރު ފައްޔުާޒް ވިދާޅުވީ، ވަޒީރުކަމާ ހަވާލުވިއިރު ކުރީގެ ސަރުކާރުން އައިހެވަން ޕްރޮޖެކްޓް ހަދަން ކުރަހާފައިވާ ކުރެހުމެއް އެ މިނިސްޓްރީގައި އޮތް ކަމަށެވެ. ނަަމަވެސް އެކަމަކީ ނުވާނެ ކަމެއް ކަމަށް ދުނިޔޭގެ ބޮޑެތި ކޮންސަލްޓެންސީ ގްރޫޕްތަކުން ބުނެފައިވާ ކަމަށެވެ.

''އޭގައި ބުނަނީ މީކީ ވާނެ ކަމެއް ނޫނެ. ކުރެވޭނެ ކަމެއް ނޫނެ،'' ފައްޔާޒް ވިދާޅުވިއެވެ.

އުތުރަށް ޓްރާންޝިޕްމެންޓް ބަނދަރެއްގެ މުހިއްމު ކަމަށް އަލިއަޅުވާލަމުން އޭނާ ވިދާޅުވީ، އެފަދަ ބަނދަރެއް ހެދޭނެ ކަމަށާއި އެކަމަކު އެކަން ކުރެވޭނެ ވަކި ގޮތްތަކެއް އެބަ އޮތް ކަަމަށާއި އެ އަކީ ކުރެވޭނެ ކަމެއް ކަމަށެވެ. 

''އަޅުގަނޑުމެން މިހާރު މި ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި އަނެއްކާވެސް މި ގޮވާލަނީ ބޭރުގެ މާހިރުންނަށް ކޮންސަލްޓެންސީ ޓާމްސް އޮފް ރެފަރެންސް އެއް އަޅުގަނޑުމެން ހުޅުވާލާނަން. އެކަމުގެ ދިރާސާ އެއް އަލުން ތައްޔާރު ކުރަން އެންމެ ރަނގަޅަށް އެކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް'' ފައްޔާޒް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
9 މާރޗް 2019 | ހޮނިހިރު 19:14
Beybe
Amaazakee tòverresom sectors ge beynunkoggen mithaaga nasaaràdheen fefhurun ITB Barlin ferein in fenigen edbiyaee ekanthah