Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 22:12
ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ރައީސް ސޯލިހު އަލުން ހުޅުވައިދެއްވަނީ
ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ރައީސް ސޯލިހު އަލުން ހުޅުވައިދެއްވަނީ
ހައްވާ މުހައްމަދު
ޑްރަގް ރިހެބިލިޓޭޝަން
އައްޑޫސިޓީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ރައީސް ސޯލިހު އަލުން ހުޅުވައިދެއްވައިފި
ރާއްޖޭގައި އިމާރާތްކުރެވޭ އެންމެ ބޮޑު ޑްރަގް ރިހެބިިލިޓޭޝަން ސެންޓަރު ކުރިއަށް އޮތް ފަސް އަަހަރު ތެރޭ އައްޑޫސިޓީގައި ގާއިމްކޮށް ދެއްވާނެ ކަމަށް ވިދާޅުވި

އައްޑޫސިޓީގައި އިމާރާތް ކޮށްފައިވާ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރު މަރާމާތަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަލުން ހުޅުވައި ދެއްވައިފިއެވެ.

 ރިހިބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ ޑްރަގް ސެންޓަރުގެ މުވަައްޒިފުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެޖެންޑާ 19 އައްޑޫސިޓީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި އައްޑޫސިޓީ މަރަދޫ ޕާކްގައި ބޭއްވި  ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އައްޑޫސިޓީގެ އާބާދީގެ ބޮޑު ޕަސެންޓެއް ޑްރަގްގެ ވަބާގެ ޝިކާރައަކަށް ވެފައިވާ ކަމަށާއި، އެ މަނިކުފާނުގެ ސަރުކާރުގައި އެފަދަ ފަރާތްތައް އަލުން މުޖްތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު މަރާމާތަށް ފަހު ރައީސް ސޯލިހު ހުޅުވައިދެއްވަނީ

ރައީސް ސޯލިހު ވިދާޅުވީ މުޅި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ގާއިމްކުރާ އެންމެ ބޮޑު ރިހިބިލިޓޭޝަން ސެންޓަރު އައްޑޫ ސިޓީގައި ގާއިމްކޮށްދެއްވާނެ ކަމަށެވެ.

ޑްރަގް ސެންޓަރު އަލުން ހުޅުވިއިރު، ސެންޓަރުގެ ނަން ވަނީ ބަދަލުކޮށްފައެވެ.

ރައީސް ސޯލިހު އައްޑޫސިޓީއަށް ކުރެއްވި  ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ހޮނިހިރުދުވަހުގެ ރޭ ވަނީ މާލެ ވަޑައިގެންފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް