Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 19:37
ފުވައްމުލަކު ސިޓީގެ މަގެއް
ފުވައްމުލަކު ސިޓީގެ މަގެއް
މުހައްމަދު ޝަރުހާން
އެކްސިޑެންޓެއް ހިނގުން
ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑަތި އަނިޔާތަކެއް ވެއްޖެ
އެކްސިޑެންޓްވި ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލް ދުއްވަން އިނނީ ލަންކާ މީހާ
ބިދޭސީ މިހާގެ ކަނާތާއި ކަނާތު ފައި ބިންދައިގެން ގޮސްފައިވޭ

ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ އަތާއި ފައި ބިނދިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލައް ސިޓީ ފުނާޑު ހައިވޭ ރެސްޓް ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި، އެކްސިޑެންޓެއް ހިނގައި އަނިޔާ ލިބުނު ތިން މީހަކު ޏ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލް ދުއްވަން އިން ލަންކާ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ކަނާތާއި ކަނާތު ފައި ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އަނެއް ސައިކަލް ދުއްވަން އިން 18 އަހަރުގެ މީހާ އާއި އެ ސައިކަލް ފަހަތުގައި އިން 24 އަހަރުގެ މީހާއަށް ވެސް އެކިވަރުގެ އަނިޔާތަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހޮނިހިރު ދުވަހު 14:15 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް