Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 20:56
ކަނބަލުންގެ ބޭނި މަސް
ކަނބަލުންގެ ބޭނި މަސް
މުހައްމަދު ޝަރުހާން
ކަނބަލުން މަސްބޭނުނ
ކަނބަލުން މަހަށް ގޮސް ގިނަ އަދަދެއްގެ މަސް ބާނައިފި
މި ހަރަކާތުގައި ބައިވެރި ވެފައި ވަނީ ބީއެމްއެލްގެ މުވައްޒަފުންނާއި ގެމަނަފުށީގެ އަންހެނުން
މި ހަރަކާތުގައި 30 އަންހެން ކަނބަލުން ބައިވެރިވި

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަނބަލުން މަހަށް ގޮސް ދެ ގަޑިއިރުގެ ތަރޭގައި 300 ކިލޯގެ މަސް ބާނައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ ގުޅިގެން ހިންގި މި ހަރަކާތުގައި ބައިވެރިވެފައި ވަނީ ބޭންކްގެ އަންހެން މުވައްޒަފުންނާއި ގެމަނަފުށީގެ އަންހެނުން ހިމެނޭ ގޮތަށް 30 ކަނބަލުންނެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ.

ބީއެމްއެލްއިން ބުނީ އަންހެން ކަނބަލުން ފީނައި އެންދެމުމަށް ފަހު ކަނޑަށް ނިކުމެ މަސް ބާނާފައިވާ ކަމަށާއި ބޭނި މަހުން ރިހާކުރު ކެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިޖްތިމާޢީ އެކި ހަރަކާތްތަކުގައި އަންހެނުން ބާރުވެރި ކުރުވައި، މުޖުތަމައުގެ އެއްބައިވަންތަ ކަމާއި ހަމަހަމަ ކަން ގާއިމު ކުރުމަށް ބީއެމްއެލް އިން އަބަދު ވެސް އަހައްމިއްޔަތު ކަން ދޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މި ހަރަކާތުގެ ސަބަބުން އަންހެނުންގެ މެދުގައި މަސްވެރިކަމުގެ ރޫޙު އާލާވެ، ދިވެހި އަންހެނުނަކީ ކޮންމެ ކަމަކަށް ވެސް ކެރިގެން ކުރިމަތިލާ ފިސާރި ކަނބަލުންތަކެއް ކަން ދައްކުވައި ދީ، ޒަމާނުއްސުރެ ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމަށް ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ. 

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސްވެރިކަމުގެ ހާއްސަ ހަރަކާތާ ގުޅޭ ގޮތުން، އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ބައެއް މީޑިއާތަކަށް ވިދާޅުވީ، އެ ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ދިވެހި އަންހެނުންގެ ހުރި ޝައުގެވެރިކަމާއި، އެފަދަ ކަންކަމަށް ލިބޭ ތަރުހީބު ފާހަގަ ކުރެވިގެން ގޮސްފައި ވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް