Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 16:33
ެައަހުމަދު ރަޝީދުގެ ކެމްޕޭން އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވާހަކަފުޅު ދައްކަވަނީ
ެައަހުމަދު ރަޝީދުގެ ކެމްޕޭން އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވާހަކަފުޅު ދައްކަވަނީ
ޓްވިޓަރ / @nautymatox
ރައްޔިތުންގެ މަޖިލިސް 2019
މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދެއްވާ، ތަފާތު ދައްކާނަން: ރައީސް
ރައީސް ކަމަށް ރައްޔިތުން ހޮއްވެވީ އެމްޑީޕީގެ މެންބަރެއް ކަމަށް ވިދާޅުވި

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް އަހުމަދު ރަޝީދު ކެމްޕޭން އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ލިބުމުން ތަފާތު ދައްކަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އައްޑޫގެ ރައްޔިތުން އެމަނިކުފާނު ހޮވީ އައްޑޫ ސިޓީއަަށް ތަރައްްޤީތަކެއް ބޭނުންވެގެން ކަމަށެވެ. ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ހުށަހެޅި މެނިފެސްޓޯ އާއި ވަޢުދުތައް ރައްޔިތުން ޤަބޫލުކޮށް އަދި އެކަންތައްތައް ކުރާނެކަން ޤަބޫލު ކުރި ކަމަށާއި އައްޑޫ ސީޓީ އާއި މުޅި ރާއްޖެއަަށް އެބަދަލުތައް ގެނައުމުގެ މަސައްކަތްތަކައިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެވައުދުތައް ފުއްދުމުގައި މަސައްކަތް ކުރަން ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ރައީސް ވަނީ އަރުއްވާފައެވެ. ރައީސް ވިދާޅުވީ މަޝްރޫއުތަކާއި ވައުދުތައް ފުއްދުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. 

ރައީސް ކަމަށް ރައްޔިތުން ހޮއްވެވީ އެމްޑީޕީގެ މެންބަރެއް ކަމަށާއި އެމަޤާމަށް އާދެވުނީ އެތައް ބައެއްގެ ތާޢީދާ އެކުގައިކަން ހަނދުމަފުުޅު ނެތިގެން ނުދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ރައީސްކަމުގެ މަޤާމަށް ގެނައުމުގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމްގެ އިތުރުން ވެސް އެތައް ބައެއްގެ ބުރަ މަސައްކަތް ހިމެނޭ ކަމަށާއި ނަމަވެސް އެމަނިކުފާނު މިއަދު އެކުރައްވާ މަސައްކަތުން އެއްވެސް ބަޔަކަށް ދެރަގޮތެއް ނުވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ތަކުރާރުކޮށް އަރުއްވާފައެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް މީގެ ކުރިން ވެސް އެމްޑީޕީ އައި ކަމަށާއި އެހެންމަނަވެސް އެފަހަރު ކަންދިމާކުރި ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުނު ކަމަށެވެ. އެހެން ކަމުން ރައްޔިތުން ބޭނުންވާ ތަރައްޤީ އާއި ރައްޔިތުން އެދޭ ބަދަލު ގެނައުމަށް މިފަހަރު އެމްޑީޕީއަށް މެޖޯރިޓީ ހޯދައިދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"މިއަދުވެރިކަމުގައި މިއޮތީ އަޅުގަނޑުމެން. ކައުންސިލްގައި މިއޮތީ އަޅުގނަޑުމެންގެ މެޖޯރިޓީ. އަޅެ ގޮތް ބަލައިލަން މި ސިޓީގެ ހުރިހާ ގޮޑިތަކެއް އަޅުނަޑުމެންނަށް ދެއްވަބައްލަވާ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނިކަން މިފަހަރު އަޅުގަނޑުމެންނަށް ދެއްވަ ބައްލަވަ. ތަފާތު އަޅުގަނޑުމެން ދައްކާނަން" ރައީސް ސާލިހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް