Advertisement
ކ. މާލެ
|
9 މާރޗް 2019 | ހޮނިހިރު 16:04
ރޮޒައިނާ އާދަމަށް ތާއިދު ހޯއްދެވުމަށް އައްޑޫ ސިޓީ މީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ރޮޒައިނާ އާދަމަށް ތާއިދު ހޯއްދެވުމަށް އައްޑޫ ސިޓީ މީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ރައިސް ސާލިހު
ވައްކަން ކުރި މީހުން ހޯދަން ތާއިދު ކުރާ މެމްބަރުން މަޖިލީހުގައި ތިބެންޖެހޭ: ރައީސް
ވަގުން ގާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ވިދާޅުވި

ދައުލަތުގެ މާލިއްޔާ އިން ވައްކަން ކުރި މީހުން ހޯދުމުގެ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށާއި އެކަން ކުރުމަށް ތާއިދު ކުރައްވާ މެމްބަރުން މަޖިލީހުގައި ތިއްބަވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޓިކެޓުގައި އައްޑޫ ސިޓީ މީދޫ ދާއިރާއަށް ވާދަ ކުރައްވާ ރޮޒައިނާ އާދަމްގެ ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ މާލިއްޔާ އިން ވައްކަން ކުރި މީހުންނާ ގާނޫނު އަރާ ހަމަކުރަންޖެހޭ ކަމަށެވެ.

ވައްކަން ކުރި މީހުން ހޯދައި، އިންސާފު ގާއިމު ކުރުމަށް ރޮޒައިނާ ތާއިދު ކުރައްވާ ކަމަށާއި އެކަމަނާއަކީ މަޖިލީހުގައި އިންވަންޖެހޭ ކަނބަލެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރޮޒައިނާއަށް ވޯޓު ދެއްވުމަށް އިހްލާސްތެރިކަމާ އެކު އެދިވަޑައިގަންނަވާ ކަމަށާއި އެކަމަނާއަށް ދެއްވާ ވޯޓަކީ ގެއްލިގެންދާނެ ވޯޓެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ މާލިއްޔަތުން، ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރި މީހުން އަޅުގަނޑުމެން ހޯދާނަން. އެކަމެއް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. އެ ފައިސާ ވަގަށް ނެގި މީހުނާ ހިސާބަށް ގާނޫނު އަރާ ހަމަކުރަންޖެހޭ. އެކަން ކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގައި މިކަންތައްތަކަށް ތާއިދު ކުރާ މެމްބަރުން އެބަ ތިއްބަވަންޖެހޭ،" އައްޑޫ ސިޓީ، މީދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ތަރައްގީ ކުރުމަކީ ސަރުކާރުން އިސްކަން ދޭ ސަބަބު ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ ތައުލީމީ މަސައްކަތްތެރި އެތައް ބަޔަކު އުފެދިފައި ތިބީ އައްޑޫ ސިޓީން ކަމަށާއި އެ ބޭފުޅުން ގައުމަށް ކޮށްދެއްވާ ކަންތައްތަކުގެ އަގު އަދާކޮށްދޭންޖެހޭ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފްލެޓް ދީފައި ވަނީ ބޭއިންސާފުން ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ފްލެޓް ފޯމެއްގައި ނަން ޖަހާލީތީ ބައެއް ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށެވެ. މި ސަރުކާރުން އެންމެ އިސްކަން ދޭނެ މަޝްރޫއަކީ ބޯހިޔާވަހިކަން އެންމެންނަށް ކަށަވަރުކޮށްދިނުން ކަމަށާއި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދަންނަވަންތޯ ފްލެޓް ދީފައި ހުރިއިރުގާ، ބައެއް ފަރާތްތަކަށް ފްލެޓް ދީފައި އެބަ ހުއްޓޭ ފޯމުގައި ނަން ޖަހާލި ކަމަށްޓަކާ ފޯމު ދީފައި. އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު މި ދަންނަވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭނެ އެއް މަޝްރޫއޭ. ދިވެހި އެއްވެސް ރައްޔިތަކު އަޅުގަނޑުމެންގެ ފަސް އަހަރު ނިމިގެންދާއިރުގައި، ބޯހިޔާވަހިކަން ނުލިބިއެއެއް ނުހުންނާނެ. އިރާދަ ކުރެއްވިއްޔާ އެ ވައުދު އަޅުގަނޑުމެން ފުއްދަދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ހުޅުމީދޫއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންތައްތައް:

  • މަގުތައް ހެދުން
  • ގިރާ ސަރަހައްދު ހިމާޔަތް ކުރުން
  • ގެސްޓުހައުސް ވިޔަފާރި ފުޅާކުރުން
  • ބަނދަރު ބޮޑުކޮށް
  • ޔޫތު ސެންޓަރު އަޕްގްރޭޑް ކުރުން
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
9 މާރޗް 2019 | ހޮނިހިރު 10:08
ހ މ ޒ
މި ވަގުތަކީ ޤައުމު އިސްކޮށްގެން މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށާއި، އެންމެން ގުޅިގެން މަސައްްކަތް ކޮށްގެން ނޫނީ މި ޤައުމު ސަލާމަތްކުރެވެން ނެތް ކަމަށެވެ.