Advertisement
ކ. މާލެ
|
8 މާރޗް 2019 | ހުކުރު 19:40
މިކަން ހިނގާފައިވަނީ، ބުރާސްފަތު ދުވަހުގެ މެންދަމުގެ ވަގުތެއްގަ
މިކަން ހިނގާފައިވަނީ، ބުރާސްފަތު ދުވަހުގެ މެންދަމުގެ ވަގުތެއްގަ
ޓްވިޓަރ
މީކާއީލްގެ ޖަަގަހަތަކަށް ގެއްލުންދިނުން
ކެނޑިޑޭޓް މީކާއީލްގެ ޖަަގަހަތަކަށް ގެއްލުންދީ މަރުގެ އިންޒާރު ދީފި
ބައެއް ކެމްޕެއިން ޕޯސްޓަރުތައްވެސް ނައްޓާ ވަނީ މަގުމައްޗަށް އުކާލާފަ

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓް މީކާއީލް ނަސީމްގެ ދެ ޖަގަހައަކަށް ގެއްލުންދީ އޭނާއަށް މަރުގެ އިންޒާރު ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދާއިރާގައި ހަރުކޮށްފައިވާ އޭނާގެ ބައެއް ކެމްޕެއިން ޕޯސްޓަރުތައްވެސް ނައްޓާ ވަނީ މަގުމައްޗަށް އުކާލާފައެވެ.

މިކަން ހިނގާފައިވަނީ، ބުރާސްފަތު ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ.

ލޮނުޒިޔާރަތް މަގުގައި ހުރި މީކާއީލްގެ ޖަގަހައަކަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފައެވެ. އެގޮތުން ދެ ޖަގަހައިގެ ބިއްލޫރިތައް ތަޅާލާ މަގުމަތީގައި ދަމާފައިހުރި އޭނާގެ ބެނާތައް ވަނީ ކަނޑާލާފައެވެ.

އެމްޑީޕީގެ ޒުވާނުގެ ގޮފީގެ ރައީސް ކަންވެސްކުރައްވާ މީކާއިލް ވިދާޅުވީ، ރެހެންދި ހިނގުމުގައި ހުރި އޭނާގެ ބިލްބޯޑްތައް ނަގައި ބޭނާތައް ހަލާކުކޮށްލާފައިވާކަމަށެވެ. އަދި ޖަގަހަ ހަލާކުކޮށް ބިއްލޫރިތައް ތަޅާލީ، ބެނާތައް ކަނޑާއުކާލާފައިވާ މަންޒަރު ފުލުހުންނަށް ދެއްކުމަށްޓަކައި މަގުމަތީގައި ހުންނެވި ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ.

 

Caption

އަދި ކެނޑިނޭޅި އޭނާއަށް މަރުގެ އިންޒާރުތައް ދެމުންގެންދާން ފާހަގަކުރައްވާ މީކާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވެއްޖެ ކަމަށާއި އެކަމަކު އަދިވެސް މިނިވަންކަމާ އެކު ކެމްޕެއިން ކުރުމުގެ މާހައުލު ކަށަވަރުނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާ އަށް މީކާއިލްގެ އިތުރުން ފަސް ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ދާންދޫ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު އަސްއަދު (ޕީޕީއެމް) އާއި ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް (ޖުމްހޫރީ ޕާޓީ) އާއި އައިމިނަތު ނާދިރާ (އެމްއާރުއެމް) އާއި ގ. ވާކްހައުސް އަހުމަދު އާޒިމް (އަމިއްލަ ގޮތުން) އަދި ގ. ތުނަ މިރުފަތު އިސްމާއިލް ޝަފީގު (އަމިއްލަ ގޮތުން) ވާދަކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް