Advertisement
ކ. މާލެ
|
8 މާރޗް 2019 | ހުކުރު 12:17
\'\' ނޫސްވެރިކަމުގެ އިނާމު 2017\'\' ލިބުނު ނޫސްވެރިން
'' ނޫސްވެރިކަމުގެ އިނާމު 2017'' ލިބުނު ނޫސްވެރިން
ގޫގުލް
މޯލްޑިވްސް މީޑިއާ ކައުންސިލް
ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ފުރުސަތު ހުޅުވާލާފައިވަނީ 31 މާޗްއާއި ހަމައަށް
އިނާމު ދޭން ކަނޑައެޅިފައިވަނީ 08 ދާއިރާއަކަށް

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. 

މީޑިއާ ކައުންސިލް ބުރާސްފަތި ދުވަހު އިއުލާނުގައި ބުނީ، ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން، އިތުރަށް ފުރުޞަތު ދިނުމުގެ ގޮތުން މި މަހުގެ 31 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލުން އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކާކީ: 

 އިޖުތިމާއީ ދާއިރާ

1.  ސިޔާސީ ދާއިރާ

2.  ޝަރުއީ އަދި ޤާނޫނީ ދާއިރާ

3. ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

4.  ކުޅިވަރުގެ ދާއިރާ

5.  ފޮޓޯގްރަފީގެ ދާއިރާ

6.  ވީޑިއޯގްރަފީގެ ދާއިރާ

7.  ފީޗަރ ދާއިރާ

8. އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު

މީގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ ހާއްސަ އިނާމުތައް ހިމެނޭ ކަމަށްވެސް އެއިއުލާނުގައިވެއެވެ.

އިނާމުތަކަށް ކުރިމަތިލާނީ ނުވަތަ ނަން ހުށަހަޅާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމު އަދި ނޫސްވެރިކަމުގެ ޚާއްސަ އިނާމަށް ނަން ހުށަހަޅާ ފޯމުން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

މީޑިއާތަކަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ ފަރާތަކީ މީޑިއާ ކައުންސިލެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާ އާއި އޮންލައިން މީޑިއާތަކުގެ އަދަދަކީ 108 އެކެވެ. އަދި ޓީވީ އާއި ރޭޑިއޯ ސްޓޭޝަން ހިމެނޭ ގޮތަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ 37 ފަރާތަކަށް ދީފައިވެއެވެ.

އެތަންތަނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ހައްގު، ގާނޫނުން ދީފައި ވަނީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް