Advertisement
ކ. މާލެ
|
8 މާރޗް 2019 | ހުކުރު 09:26
މާލޭގެ ބޭރުގައި ކްރޫޒްލައިނަރއެއް
މާލޭގެ ބޭރުގައި ކްރޫޒްލައިނަރއެއް
ރާއްޖެ އެމްވީ
މާލެ ސިޓީ
މަސްވެރިންގެ ޕާކު ސަރަޙައްދު ފަތުރުވެރިންނަށް އެކި ޚިދުމަތްތަކާއެކު ތަރައްޤީކުރަނީ
ކްރޫޒްލައިނަރތަކުގައި މާލެ އަންނަ ފަތުރުވެރިން ފައިބާނެ ވަކި ދިމާލެއް ނެތުމަކީ މައްސަލައެއް

މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެކި ޚިދުމަތްތައް ލިބޭނޭހެން މާލޭ މަސްވެރިންގެ ޕާކު ސަރަޙައްދު ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ރާއްޖެއަށް އަންނަ ކްރޫޒް ލައިނަރުތަކުގައި މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެކި ސަރަޙައްދުތަކަށް ފައިބަންޖެހުމާއި، އެކި ގޮތްގޮތުން މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޭނުންވާ އެކިއެކި ވަޞީލަތްތައް އެންމެ ފުރިހައަށް ޤާއިމްކުރެވިފައި ނެތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މަސްވެރިންގެ ޕާކު ސަރަޙައްދު ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ އެ ސަރަޙައްދު ތަރައްޤީކުރަން ނިންމާފައިވަނީ ފާހާނަ ބަރިއަކާއި، އަދި އެހެނިހެން ޚިދުމަތްތައް ހިމެނޭ ގޮތަށް ކަމަށެވެ.

މާލޭގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން މިފަދަ މަސައްކަތެއް ކުރުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނިމިގެންދިޔަ އަހަރު 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު ސަރުކާރުން މި އަހަރު އަމާޒު ހިފާފައިވަނީ އަހަރު ނިމުމުގެ ކުރިން ދޮޅު މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 މާރޗް 2019 | ހުކުރު 16:31
ާާއަޒޫ
ސުކުރިއްޔާ، މާޔާ.
8 މާރޗް 2019 | ހުކުރު 07:53
ihaaru.
ވަރަށް ފުރިހަމަ ނިންމުމެއް މިހާރުވެސް ލަސްވެއްޖެ