Advertisement
ކ. މާލެ
|
8 މާރޗް 2019 | ހުކުރު 12:24
މާލޭގެ މަގެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
މާލޭގެ މަގެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެ އެމްވީ
މާލެ ސިޓީ
ބޮޑުތަކުރުފާނު މަގުން ބަންދު ކުރި ސަރަހައްދު ހުޅުވާލައި، މި މަހު މާލޭގެ ވަށާ ބުރު ޖެހޭނެ: ޝަމާއު
އިތުރު ތިން ޕާކިންގ ޒޯން ހެދުމުގެ މަސައްކަތް ދަނީ ކުރަމުން
އާޓިފިޝަލް ބީޗް ތަރައްޤީ ކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފަ

ހިނގަމުންމިދާ މާރިޗު މަސް ނިމުމުގެ ކުރިން ރަސްފަންނު ސަރަޙައްދު، ބޮޑުތަކުރުފާނު މަގުން ބަންދުކޮށްފައިވާ ބައި ހުޅުވާލައި، މާލެ ވަށައި ބުރު ޖެހޭނެ ގޮތް ހަދާނެ ކަަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، މާލޭގައި ދިރިއުޅުން ލުއިފަސޭހަ ކުރުމަށް މާލޭ ސިޓީ ކައުންސިލުން މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން މި ސަރުކާރުން ވައުދުވެފައިވާ ފަދައިން އިސްލާމީ މަރުކަޒާއި އިންވެގެން އޮތް އަމީރު އަޙުމަދު މަގު މިހާރު ޓްރެފިކަށް ހުޅުވާލާފައިވާއިރު، ރަސްފަންނު ސަރަޙައްދުގައި ބޮޑުތަކުރުފާނު މަގުން ބަންދުކޮށްފައިވާ ބައި މި މަހުގެ ނިޔަލަށް ހުޅުވާލެވޭނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ސަތޭކަ ދުވަހުގެ ޕްލޭން ތެރޭގަވެސް މާލެއަށް ހާއްސަ ވަރަށް ގިނަ ކަންތައްތަކެއް ހިމެނިފަ އެބަހުރި. އެގޮތުން ވަރަށް ގިނަ ކަންތައްތަކެއް މިހާތަނަށް ހާސިލްވެސް ވެއްޖެ. އޭގެ ވަރަށްގިނަ މަސައްކަތްތަކުގަ ސިޓީ ކައުންސިލުން އަމަލީގޮތުން މަސައްކަތް ކުރަމުންދަނީ. އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން ހުޅުވާލަން ބުނި މަގުތަކުގެ ތެރެއިން ހަމަ ގައިމުވެސް އެއް މަގު މިހާރު މިވަނީ ހުވިފަ. ދެވަނަ މަގު ހުޅުވުމުގެ މަސައްކަތްތައް އެބަދޭ ކުރިއަށް...ހަމައެއާއެކު މާލޭގެ ވަށައިގެން މި އޮތް މަގު ހުޅުވުމަށްޓަކާ، އެނގިވަޑައިގަންނަވާނެ ފަދައިން އެ މަގުވެސް ވަކި ހިސާބަކުން ބެދިފަ އޮތީ ސަބަބުތަކަކާ ހެދި. އެ ކަންކަން ހައްލު ކުރުމަށްޓަކާ ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމަކާ، އަދި ހިންގާ މުއާމަލާތްތައް މިހާރު ހިންގި، އެއްބަސްވުމަކަށް އާދެވި އެ މަގުވެސް ހުޅުވުމުގެ މަސައްކަތް މިހާރު އަމަލީ ގޮތުން ފެށިގެން ކުރިއަށް ދަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މި މާޗު މަހުގެ ތެރޭގަ މާލޭގެ ވަށާ ބުރެއް ޖަހާލެވޭނެ" ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މީގެ އިތުރުން މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށްވެސް ކަމާއި ބެހޭ ފަރާތްތަކާއިއެކު މަސައްކަތް ކުރަމުންދާ ކަމަށާއި، މާޗް މަހުގެ ނިޔަލަށް އެ މަސައްކަތްވެސް ނިންމާލެވޭނެ ކަމަށެވެ.

މީގެ އިތުރުން މާލޭގެ ހުސް ބިންތަކުގައި ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ޝަމާއު ވިދާޅުވީ އެ މަސައްކަތްތަކުގެ ހަމައެކަނި ބޭނުމަކީ ޕާކިންގއަށް ޖާގަ ދިނުން ނޫން ކަމަށާއި، މާލޭގެ މަގުތައް ހުސް ކުރުމަކީވެސް އެ މަސައްކަތުގެ މަގުސަދެއް ކަމަށެވެ.

"އަޅުގަނޑުމެން މިގޮތަށް ޤާއިމްކުރާ ޕާކިންގ ޒޯންތައް ހުރި ސަރަޙައްދުގެ މަގުތަކުން ޕާކިންގ ޒޯން އުނިކުރެވި، ޕާކިންގ ޒޯންތަކަށް އެ ވެހިކަލްތައް ވަންނާނެ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގަ އަލުގަނޑުމެން މިހާތަނަށް ވެލާނާ ގޭ ސަރަޙައްދުގަ ޕާކިން ޒޯނެއް ހެދިއްޖެ. އެމްއެމްއޭ ސަރަހައްދުގަ ޕާކިންގ ޒޯނެއް ހެދިއްޖެ" ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ މިހާރު ޤާއިމްކުރެވިފައިވާ ޕާކިން ޒޯންތަކުގެ އިތުރުން ކުރީގެ ނާދީ ކުރިމަތިން އޮތް ބިމާއި، ފިނޭންސް މިނިސްޓްރީގެ ގޯތި ތެރެއާއި، އަދި މާފަންނު ސަހަރާގެ ކަންމަތީގައިވެސް ޕާކިންގ ޒޯންތަކެއް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ޕާކިންގ ޒޯންތަކުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމައި، އާންމުންނަށް އެ ތަންތަން ބެނުންކުރަން ފެށޭވަރު ވާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ އަލަށް ޤާއިމްކުރާ ޕާކިންގ ޒޯންތައް ޤާއިމް ކުރަނީ އެތަންތަނުން ފެހިކަންވެސް ފެންނާނެ ގޮތަށް، ފިނި މައިޒާންތައްވެސް އެ ތަންތަނުގެ ތެރޭގައި ހިމަނައިގެން ކަމަށެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖްގެ މަސައްކަތަށް ބަންދުކުރި ކުރީގެ އަޑިޕާކް ސަރަޙައްދުވެސް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެތަން ތަރައްޤީ ކުރާނީ ޖަޒީރާވަންތަ ސިފަތާއިއެކު ހިތްފަސޭހަ މައިޒާނެއްގެ ގޮތުގައި ކަމަށް ޝަމާއު ވިދާޅުވިއެވެ. އަޑި ޕާޚް ސަރަހައްދުގެ އިތުރުން އާޓިފިޝަލް ބީޗް ސަރަޙައްދުވެސް ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު، އެ މަސައްކަތް މިހާރު ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް