Advertisement
ކ. މާލެ
|
8 މާރޗް 2019 | ހުކުރު 08:33
މާލޭ ސިޓީ ކައުންސިލަރުން
މާލޭ ސިޓީ ކައުންސިލަރުން
ރާއްޖެ އެމްވީ
މާލޭ ދަފްތަރު
މާލޭ ދަފްތަރުގައި ޖެހުން ވަގުތީ ގޮތުން ބަންދުކޮށްފި
ގިނަ އަދަދެއްގެ މީހުން ވަނީ ދަފްތަރުގައި ޖެހުމަށް ހުށަހަޅާފަ

މާލޭ ޙާއްސަ ދަފްތަރުގައި ރެޖިސްޓްރީ ވުމުގެ ފުރުޞަތު ވަގުތީ ގޮތުން ބަންދު ކޮށްފައިވާކަން މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝަމާއު ޝަރީފް ވިދާޅުވީ، ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލާއި ހަވާލުވެފައިވާ ކަމަށާއި، އެ މަސައްކަތް ކުރަމުންދަނީ އެ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަން ޑިޕާޓްމަންޓުން ކަމަށެވެ.

ޝަމާއު ވިދާޅުވީ، މިހާރުގެ ސަރުކާރު އުފެދި، ސިޓީ ކައުންސިލާއި ދަފްތަރުގެ މަސައްކަތް ހަވާލު ކުރުމުން، އެ ކައުންސިލުން ބެލި ބެލުމުން، ދަފްތަރުގެ ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައި ވަނީ ވަރަށް ގޯސްކޮށް ކަން ހާމަވެފައިވާ ކަމަށާއި، އެހެންކަމުން މި ވަގުތަށް ދަފުތަރުގައި ރެޖިސްޓަރ ވުމުގެ ފުރުޞަތު ބަންދުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަކި ގޮތަކަށް ނިންމަންދެން ދަފްތަރުގަ ޖެހުމުގެ އެއްވެސް ކަމެއް ކުރިއަކަށް ނުދާނެ. ދެން ކުރީގަ ޖެހިފަ ތިބި ފަރާތްތަކުގެ ކަންތައްތައްވެސް ރަށު އެޑްރެހުން ވަކިވެފަ އޮވެއްޖެ ކަމަށްވަންޏާ، އަދި އަޅުގަނޑުމެންނާ ހިސާބަށް އެކަން އެނގިފަ އޮވެއްޖެއްޔާ އަޅުގަނޑުމެން އެ ކުރިއަށް ގެންގޮސްދޭނަން. އެހެންނަމަވެސް އަލަށް ހުށަހަޅާ ފަރާތަކަށް ދަފްތަރަކު މިވަގުތަކު ޖެހެވޭ ގޮތަކަށް ނޫން މިއޮތީ" ޝަމާއު ވިދާޅުވިއެވެ.

ޝަމާއު ވިދާޅުވީ ހުޅުމާލެއިން ބިން ވިއްކުމަށް އިއުލާނު ކުރުމާއި ގުޅިގެން ވެސް ގިނަ ބަޔަކު ދަފްތަރުގައި ޖެހުމަށް ހުށަހަޅާފައިވާއިރު އެ އަދަދު ގާތްގަނޑަކަށް 12،000އަށް އަރާ ކަމަށެވެ. އަދި އެކަމާ ގުޅޭ ފައިލްތަކެއް ސިޓީ ކައުންސިލްގައި އެބަހުރި ކަމަށާއި، ދަފްތަރު ބަންދުކޮށް، އެ ފައިލްތައް ދިރާސާ ކުރަމުންދާ ކަމަށެވެ.

ޝަމާއު ވިދާޅުވީ ދަފްތަރުގައި ޖެހުމަށް ހުށަހަޅާފައިވާ ހުރިހާ ފަރާތްތައް ދަފްތަރުގައި ޖައްސައިފިނަމަ، ގިނަ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން ދަފްތަރުގައި މިހާރު ތިބި މީހުންނާއި، އަލަށް ދަފްތަރުގައި ޖެހުމަށް ހުށަހަޅާފައިވާ މީހުންގެ ތެރޭގައި ވެސް މާލޭގައި ދިރިނޫޅޭ ފަރާތްތައް ހިމެނޭކަން ޝަމާއު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
8 މާރޗް 2019 | ހުކުރު 09:04
ފިރިސޮރު
ބަރާބަރު! ކުރާވަރު ކަމެއްނޫން.... އުންމީދަކީ މާލޭ މީހުންނަށް މާލެ އަނބުރާލިބުން.... ރާއްޖެތެރެ ތަރައްގީ ކޮށް މާލޭގައި ވަޒަންވެރިވުމަކީ އޮޕްޝާނަކަށް ނުވުން. މިހާރުވެސް ކޮލެޖުތަކުން ރަަށުގަ ތިބެގެން ކިިޔެވޭގޮތަށް ހެދީމަވެސް ރަށުން އައިސް ކުލިދައްކައިގެން ތިބޭ މީހުން މަދެއްނުވޭ، އަދި ކިޔަވައިނިމުނަސް ރަށަަށް ޚިދުމަތެއް ކުރެވެން އޮތަސް އެގޮތްވެސް ކަމަކުނުދޭ... ސަރުކާރުގެ އެކަނި މަސައްކަތަކުން ރަށްތަކެއްވެސް ތަރައްގީއެއް ނުވާނެ! ބަހަނާ ދެއްކުން ދޫކޮށް ވެއްޖެ މިހަގީގަތް ގަބޫލްކުރަން