Advertisement
ކ. މާލެ
|
8 މާރޗް 2019 | ހުކުރު 00:42
ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިންވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ
ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިންވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ކުމުންދޫގެ ވަލުތެރޭގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެ އަދައިފި
700 ފޫޓްއަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ އަދާފައި

ހދ.ކުމުންދޫގެ ވަލުތެރޭގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯވެ އަދައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ 15:32 ހާއިރު ކަމަށެވެ. އަދި ފަޔަރ ސްޓޭޝަންގެ ސިފައިން ކުޅުދުއްފުށިން ކުމުންދޫއަށް ގޮސް އަލިފާން ނިންވުމުގެ މަސައްކަތް ފެށުނީ 16:03 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ކުމުންދޫގެ ވަލުތެރޭގެ 700 ފޫޓްއަށްވުރެ ބޮޑު ސަރަޙައްދެއްގެ އެކި ހިސާބުތަކުގައި ރޯވެފައިއޮތް އަލިފާންގަނޑު ނިއްވާލުމަށް ކުރި މަސައްކަތުން، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިރޭ 20:41 ހާއިރު ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ވަލުތެރޭގެ ބޮޑު ބައެއް ވަނީ އަނދައިގެން ގޮސްފައި ކަމަށެވެ.

ނަމަވެސް، ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް