Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 21:28
ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި
ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި
މޯލްޑިވްސް ޕޮލިސް ސާރވިސް
މަސްތުވާތަކެތި އަތުލައިގަތުން
ގައްދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި
މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވޭ
ގައްދޫއަށް މަސްތުވާ ތަކެތި އެތެރެ ކުރަން އުޅުނީ ހަނޑޫ ބަސްތާއެއްގެ ތެރެއަށްލައިގެން

ގދ. ގައްދޫއަށް ދިޔަ ދޯންޏެއްގެ ހަނޑޫ ބަސްތާއެއްގެ ތެރެއަށް، ގިނަ އަދަދެއްގެ މަސްތުވާތަކެތި ލައިގެން، އެރަށަށް އެތެރެ ކުރަން އުޅެނިކޮށް ފުލުހުން އަތުލައިގަނެފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލެއިން ފުރައިގެން ގައްދުއަށް ދަތުރު ކުރަމުން ދިޔަ ދޯންޏަކުން ގައްދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ބުދަ ދުވަހުގެރޭ 19:30 ހާއިރު، ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. 

އެ ދޯނި ގައްދުއަށް ގާތްކުރި ވަގުތު ފުލުހުން އެދޯންޏަށް އަރައި ބަލައިފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ރަބަރު ބޮޑު ފަސް ޕެކެޓު އެ ދޯނީގައި އޮތް ހަނޑޫ ބަސްދާއެއްގެ ތެރެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އޮޕަރޭޝަން ހިނގާފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

އެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު އެ މައްސަލަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައ މަސްތުވާ ތަކެއްޗާއި އެކު 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވާއިރު މާރޗް މަހުގެ 4 ވަަނަ ދުވަހު ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު 19 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.

 އަދި  މި ދިޔަ ހަފްތާގައި މާލޭގެ ގެއެއް ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި އެކު 21 މީހުން ހައްޔަރު ކޮށްފައި ވާއިރު އޭގެ ތެރޭގައި 18 އަހަރު ނުވާ ކުޑަ ކުއްޖެއްގެ އިތުރުން ބިދޭސީއަކު ވެސް ހިމެނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 މާރޗް 2019 | ބުރާސްފަތި 16:54
ihaaru.
މުޅިޤައުމު ތީގެން ތަތްތެޅިފަ، ތުރުތުރު އަޅާ ވެރިންނާ...-....ހ