Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 21:05
ފްލެޓަށް އެދި ހުށަހެޅުމަށް ގިނަ ބަޔަކު ކިއޫގައި
ފްލެޓަށް އެދި ހުށަހެޅުމަށް ގިނަ ބަޔަކު ކިއޫގައި
މުހައްމަދު ޝަރުހާން
ފްލެޓްް
ފްލެޓާ ގުޅޭ ޝަކުވާތައް ބަލައިގަންނާނީ ރައީސް އޮފީހުން: ހައުސިން މިނިސްޓްރީ
ޝަކުވާ ހުށަހެޅުމަށް ހާއްސަ ފޯމެއް ތައާރަފްކޮށްފައިވޭ

ފްލެޓްތަކާ ގުޅޭ ޝަކުވާތައް ބަލައިގަންނާނީ ރައީސް އޮފީހުން އެކަނި ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. 

ހައުސިން މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ "ހިޔާ" މަޝްރޫ އާއި، "ގެދޮރުވެރިކުރުމުގެ" މަޝްރޫއާ، "ގުޅީ ފަޅު ހައުސިން ޕްރޮޖެކްޓް" ތަކާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް މިވަގުތު މިނިސްޓްރީން ބަލައިގަތުމަށް ހަމަޖެހިފައިނުވާ ކަމަށެވެ. ޝަކުވާ ބަލައިގަންނަނާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީ"ގެ ދަށުން ރައީސް އޮފީހުން އެކަނި ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ "ހިޔާ" މަޝްރޫ އާއި، "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" އަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ހުޅުވާލާފަ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޓީގެ މެމްބަރު އަހްމަދު ތޮލާލް ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް އެ ލިސްޓް "އެސެސް" ކުރާނެ ކަމަށެވެ. އަދި އެ ކޮމެޓީއިން އަންނަނީ ހިޔާ މަޝްރޫއަށް ހުށައަޅާފައިވާ 22,000 ފޯމް ދިރާސާ ކުރަމުންކަމަށާއި، ފޯމްތައް ދިރާސާކުރަން ގާތްގަނޑަކަށް ފަސްމަސް ވަރު ނަގާނެ ކަމަށެވެ. 

"ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސްޓްރަކްޗަރ އަށް މި ސަރުކާރުން ގެންނަ ބަދަލުތަކާ އެކު ފްލެޓްތަކުގެ އަދަދު 7،000 އިން 3،588 އަށް ވަނީ މަދުކޮށްފައެވެ.

ސަރުކާރުން ބަދަލު ގެންނަން ނިންމާފައި ވަނީ އެއް ކޮޓަރީ އާއި ދެ ކޮޓަރީގެ ފްލެޓްތަކަށެވެ. އެގޮތުން އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް ސަރުކާރުން ނިންމާފައި ވަނީ ތިންކޮޓަރިއަށް ބަދަލުކުރުމަށެވެ. މި ގެނައި ބަދަލާ އެކު ފްލެޓްގެ އަދަދު މަދުވި ނަމަވެސް މި ޕްރޮގްރާމްގެ ދަށުން ފްލެޓް ދިނުމަށް ހޮވިފައިވާ މީހުންގެ ތެރެއިން ހައްގުވެރިންނަށް ފްލެޓް ދިނުމަށްޓަކައި ސަރުކާރުން އިތުރު ފްލެޓް އިމާރާތްކޮށް، އެ ފަރާތްތަކަށް ހައްގުވާ ފްލެޓް އެ ފަރާތަތަކަށް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް