Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 18:50
އިސްލާމިކް މިނިސްޓްރީގެ އިސްވެރިން
އިސްލާމިކް މިނިސްޓްރީގެ އިސްވެރިން
ރާއްޖެއެމްވީ
ކޮފީ މޭޒުން ޒުވާނުންނަށް ދީނީ ނަސޭހަތް ދިނުން
ޒުވާނުންނަށް ދީނީ މައުލޫމާތު ދޭން ޝޭހުން ކޮފީ މޭޒަށް
ޒުވާނުން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދޭނެ
ޕްރޮގްރާމުގެ ފުރަތަމަ ހަފުތާގައި އާދިއްތަ ދުވަހު އޮލިވްގާޑަން ރެސްޓޯރަންޓުގައި ނަސޭހަތާއި މައުލޫމާތު ދޭން ވަނީ ހަމަޖެހިފައި

ޒުވާނުންނަށް ދީނީ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ދީނީ އިލްމުވެރިންނާއި ރެސްޓޯރަންޓް، އަދި ކެފޭތަކުގެ ކޮފީ މޭޒުތަކުން ބައްދަލުކުރުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެގޮތުން މި ޕްރޮގްރާމްގެ ދަށުން، ޒުވާނުން ދީނީ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމަށާއި، ޝައިހުންނާ ބައްދަލުކޮށް ނަސޭހަތް ލިބުގަތުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. 

މި ޕްރޮގްރާމުގެ ފުރަތަމަ ހަފުތާގައި އާދިއްތަ ދުވަހުގެ 16:15 އިން ފެށިގެން ގޮސް 18:00 ވަންދެން އޮލިވްގާޑަން ރެސްޓޯރަންޓްގައި ނަސޭހަތާއި މައުލޫމާތު ދެއްވަން ހަމަޖެހިފައިވަނީ ޝައިޚް ފައްޔާޒް އަލިމަނިކާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާނާއި ޑރ. ސައުދުﷲ އަލީއެވެ. އަދި މި ޕްރޮގްރާމްގެ ވަގުތުގައި ދީނީ ނަސޭހަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ހިލޭ ކޮފީ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މި ޕްރޮގްރާމްގެ މަގުސަދަކީ "ރީޗް" ނުވެވޭ ޒުވާނުންނާ ހަމައަށް އިލްމުވެރިން ގެންދިޔުން ކަމަށެވެ. އަދި ކޮފީ މޭޒު ދޮށުން ބައްދަލު ކުރަން ނިންމި މައިގަނޑު ސަބަބަކީ ވެސް މިއީ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. މިނިސްޓްރީން ބުނެފައިވަނީ ޕްރޮގްރާމް އިތުރަށް ކުރިޔަށް ގެންދާނެ މުއްދަތެއް ކަނޑައަޅާނީ މި ކަމަށް ލިބޭ ތަރުހީބަށް ބަލާފައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް