Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 21:05
ރެހެންދި އެވޯޑް ހަފްލާގެ ތެރެއިން
ރެހެންދި އެވޯޑް ހަފްލާގެ ތެރެއިން
ރައީސް އޮފީސް
ރެހެންދި އެވޯޑް
މި އަހަރުގެ ރެހެންދި އެވޯޑް 9 ބޭފުޅަކާއި، ޝީ އަށް
އެވޯޑް ހަވާލު ކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ

ދިވެހިރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށް އަންހެނުން ޙިއްޞާކުރާ އަގުހުރި މަސައްކަތްތަކާއި އާދާޔާޚިލާފު ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ރެހެންދި އެވޯޑް ނުވަ ފަރާތަކަށާއި ސެސައިޓީ ފޯ ހެލްޓް އެޑިއުކޭޝަން (ޝީ) އަށް ދީފިއެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑްތައް އެ ފަރާތްތަކާ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަބަލުން ފަޒްނާ އަހްމަދެވެ. 

ރެހެންދި އެވޯޑް ލިބިފައި ވަނީ: 

1. އާމިނަތު މުހައްމަދު، ދަފްތަރު ނަމްބަރު: 3204  

ދާއިރާ: އެކްސެޕްޝަނަލް އިންސްޓިޓިޔުޝަނަލް ސަރވިސް

2. އައިޝަތު ނާޒިމާ/ ހ. ކޮޔާ، މާލެ

ދާއިރާ: އިޖުތިމާއި ދާއިރާ  

3. މަރިޔަމް ޝިފްޒާނާ / މ.ޔާލީގުލްޝަން/ މާލެ

ދާއިރާ: އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތް ނުވަތަ ނޮން ޓްރެޑިޝަނަލް ރޯލްސް

4. މުއުމިނާ އާދަމް / ގ.ހަފްސީ، މާލޭ

ދާއިރާ: އިޖުތިމާއި ދާއިރާ

5. އައިޝަތު ލޫބާ / 122-03-02، ހުޅުމާލެ ފްލެޓް

ދާއިރާ: އިޖްތިމާއި ދާއިރާ

 6. ސޮސައިޓީ ފޯރ ހެލްތް އެޑިއުކޭޝަން / ކުލުނުވެހި، ބުރުޒުމަގު

 ދާއިރާ: އެމްޕްލޯޔަރސް ކެޓަގަރީ  

7. އާމިނަތު އަޒްލާ އާދިލް/ ދިގުވާނޑު ، ރޭވާން, ޏ. ފުވައްމުލައް

ދާއިރާ: ނަން-ޓްރެޑިޝަނަލް ރޯލްސް

8. އަމީނާ އަލިކަލޭފާނު / އަތިރީގެ ، ގދ. ގައްދޫ  

ދާއިރާ: އިގްތިސާދީ ދާއިރާ

 9. އައިޝަތު ޝިރުހާން / ހ. ބޮންތި  

ދާއިރާ: އިޖްތިމާއީ ދާއިރާ  

ރެހެންދި އެވޯޑްގެ ނަމުގައި އަންހެނުންނަށް ހާއްސަ އެވޯޑެއް ދޭން ސަރުކާރުން ފަށާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް