Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 10:40
ހުޅުމާލެ.
ހުޅުމާލެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލެ ދެވަނަ ފިޔަވަހި
އާންމު ކުރީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް ނޫން
އެ ލިސްޓް އާންމުކުރީ ޝަކުވާ ހުށައެޅުމަށް
22،000 ފޯމު އަދިވެސް ދަނީ ދިރާސާ ކުރަމުން

މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުން އާންމު ކޮށްފައިވަނީ ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް ނޫންކަމަށާއި އެ ލިސްޓަކީ މިދިޔަ ސަރުކާރުން ފްލެޓް ދީފައިވާ ގޮތުގެ ތަފްސީލު ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޓީގެ މެމްބަރު އަހްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ތޮލާލް ވިދާޅުވީ "ހިޔާ" މަޝްރޫއާއި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" އަދި "ގެދޮރުވެރިކުރުވުން މަޝްރޫއު"ގެ ލިސްޓަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓް ދީފައިވާ ގޮތް ކަމަށާއި އެ ލިސްޓް އާންމުކުރީ ޝަކުވާ ހުށައެޅުމަށް ކަމަށެވެ.

"އާންމުކުރި ލިސްޓަކީ ކުރީ ސަރުކާރުން ހާމަ ކުރި ފްލެޓް ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓްގެ ތަފްސީލު. އެ ލިސްޓަކީ އަދި ފައިނަލް ލިސްޓެއް ނޫން. އެލިސްޓުގެ ބޭނުމަކީ ޝަކުވާ ހުށައެޅުން. އެ ލިސްޓުގައި ތިބި މީހުންގެ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ބެލުން،" ތޮލާލް ވިދާޅުވިއެވެ.

 ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ "ހިޔާ" މަޝްރޫއާއި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" އަށް މިމަހުގެ 25 ގައި ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ތޮލާލް ވިދާޅުވީ ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް އެ ލިސްޓު "އެސެސް"ކުރާނެ ކަމަށެވެ. އެ ކޮމެޓީއިން އަންނަނީ ހިޔާ މަޝްރޫއަށް ހުށައަޅާފައިވާ  22,000 ފޯމް ދިރާސާ ކުރަމުންނެވެ. ފޯމްތައް ދިރާސާކުރަން ގާތްގަނޑަކަށް ފަސްމަސް ވަރު ނަގާނެ ކަމަށް ކޮމިޓީން ކުރިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ ތެރެއިން "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސްޓްރަކްޗަރ އަށް މި ސަރުކާރުން ގެންނަ ބަދަލުތަކާ އެކު ފްލެޓްތަކުގެ އަދަދު 7،000 އިން 3،588 އަށް ވަނީ މަދުކޮށްފައެވެ.

ސަރުކާރުން ބަދަލު ގެންނަން ނިންމާފައި ވަނީ އެއް ކޮޓަރީ އާއި ދެ ކޮޓަރީގެ ފްލެޓްތަކަށެވެ. އެގޮތުން އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް ސަރުކާރުން ނިންމާފައި ވަނީ ތިންކޮޓަރިއަށް ބަދަލުކުރުމަށެވެ. މި ގެނައި ބަދަލާ އެކު ފްލެޓްގެ އަދަދު މަދުވި ނަމަވެސް މި ޕްރޮގްރާމްގެ ދަށުން ފްލެޓް ދިނުމަށް ހޮވިފައިވާ މީހުންގެ ތެރެއިން ހައްގުވެރިންނަށް ފްލެޓް ދިނުމަށްޓަކައި ސަރުކާރުން އިތުރު ފްލެޓް އިމާރާތްކޮށް، އެ ފަރާތްތަކަށް ހައްގުވާ ފްލެޓް އެ ފަރާތަތަކަށް ދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް