Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 10:37
ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނީ 50 މީހުންނަށް ވުރެ ގިނައިން ރަޖިސްޓްރީ ކުރުމުން
ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނީ 50 މީހުންނަށް ވުރެ ގިނައިން ރަޖިސްޓްރީ ކުރުމުން
މުހައްމަދު ޝަރުހާން
އިލެކްޝަން ކޮމިޝަން
ދިއްލީ، ސިންގަޕޫރު، ތައިލޭންޑާއި ބަނގުލަދޭޝްގެ އިތުރުން 6 ރިސޯޓެއްގައި ވޯޓްފޮށި ނުބަހައްޓާ
ބޭރު ޤައުމުތަކުގައި ވޯޓް ފޮށި ބަހައްޓަނީ 100 މީހުންނަށްވުރެ ގިނަ މީހުން ވޯޓްލުމަށް ރަޖިސްޓްރީ ކުރުމުން

އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިއްލީ، ސިންގަޕޫރު، ތައިލޭންޑާއި ބަނގުލަދޭޝްގެ އިތުރުން 6 ރިސޯޓެއްގައި ވޯޓްފޮށި ނުހަބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މި ގޮތަށް ނިންމީ، އިންތިހާބުގައި ވޯޓް ލުމަށް ރީރެޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ބޭނުންވާ އަދަދަށް އެތަންތަނުން ވޯޓްލުމަށް ރެޖިސްޓަރ ކޮށްފައި ނުވާތީއެވެ.

އެގޮތުން ދިއްލީ، ސިންގަޕޫރު، ތައިލޭންޑާއި ބަނގުލަދޭޝްގެ އިތުރުން ރާއްޖޭގެ ސޮނެއިވާފުށި ރިސޯޓާއި، އަޔާދާ މޯލްޑިވްސްއާއި އަދާރަން ސެލެކްޓު ހުދުރަން ފުއްޓައި އަމިއްލަފުށި ރިސޯޓާއި ކިހާ މޯލްޑިވްސްއާއި ގިލިލަންކަން ފުށީގައި ވޯޓްފޮށި ނުބަހައްޓާނެއެވެ.

ބޭރު ޤައުމުތަކުގައި ވޯޓް ފޮށި ބަހައްޓަނީ 100 މީހުންނަށް ވުރެ ގިނަ މީހުން ވޯޓްލުމަށް ރަޖިސްޓްރީ ކުރުމުންނެވެ. ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނީ 50 މީހުންނަށް ވުރެ ގިނައިން ވޯޓްލުމަށް ރެޖިސްޓްރީ ކުރުމުންނެވެ.

މި ފޮށިތަކަށް ވޯޓްލުމަށް ރީ ރެޖިސްޓްރީ ކުރި މީހުން މި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެހެންތަނަކަށް ރީ ރެޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތުވަނީ ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް