Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 08:38
ސިފައިންގެ އޮފިސަރުންތަކެއް -- އެމްއެންޑީއެފް
ސިފައިންގެ އޮފިސަރުންތަކެއް -- އެމްއެންޑީއެފް
އެމްއެންޑީއެފް
ސިފައިންގެ ވަޒީފާ
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
އިތުރު ކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހާއި ހަމަޔަށް
ށުގެ ރެކޯޑް ބަލާފޯމް ހުށަހަޅަން ނުޖެހޭ: ޑިފެންސް މިނިސްޓްރީ

ދިވެހިރާއްޖޭގެ ގައުމީ ދިފާއިބާރުގެ ވަޒީފާ އަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު އިތުރު ކޮށްފިއެެވެ. 

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޝަތު މިނިސްޓްރީ އޮފް ޑިފެންސް އިން އާއްމުކޮށް ހުޅުވާލަފައިވަނީ ، މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން ފޯމް ހުށައެޅުމުގެ ފުރުޝަތު ވަނީ، މި މަހުގެ ފަސް ވަނަ ދުވަހަށް އިތުރުކޮށްފައެެވެ. 

އަންގާރަ ދުވަހު ޑިފެންސް މިނިސްޓަރީން ކުރި އިއުލާނެއްގައި ބުނީ ، ފެބްރުއަރީގެ އިއުލާނާއި ގުޅިގެން ވަޒީފާއަށް އެދި ފޯމް ހުށައެޅުމުގެ ފުރުޝަތު މި މަހުގެ 31 ވަނަ ދުވަހުގެ 14:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. 

ޑިފެންސް މިނިސްޓްރީން ބުނީ ، ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާއި ގުޅިގެން އިޢުލާންގެ ބޭނުމަށް ޢުމުރު ފުރާ ބަލާނެ ތާރީޚަކީ 1 އެޕްރީލު 2019 ކަމަށެވެ. އަދި މީގެ އިތުރުން ކުށުގެ ރެކޯޑް ބަލާފޯމް ހުށަހަޅަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސާފައިވާކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ސިފައިންގެ ވަޒީފާ އަށް ވަދެވޭނީ އުމުރުން 18 އަހަރު ފުރި 25 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ.

ވަޒީފާއަށް ވަނުމުގެ ފުރުޝަތު ހުޅުވާލާފައި ވަނީ 10 ދާއިރާ އަަކަށެވެ. އެއީ މެރިންކޯރ، ސްޕެޝަލް ފޯސަސް، ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، މިލިޓަރީ ޕޮލިސް، މެޑިކަލް ސަރވިސް، މިލިޓަރީ އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ އިތުރުން ސަރވިސް ކޯ އަދި ކޯސްޓްގާޑުގެ ދާއިރާއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް