Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 04:23
ނަޝީދު  އެޖެންޑާ 19ގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ނަޝީދު އެޖެންޑާ 19ގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޝުއައިބް މުހައްމަދު އިގްބާލް
އެޖެންޑާ 19
އެޖެންޑާ 19ގައިވާ ހުރިހާކަމަކީ ރައްޔިތުން ފާހަގަކޮށްދީފައިވާ ކަންކަން: ރައީސް ނަޝީދު
މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ސަރުކާރު ހުއްޓުމަކަށް ގެންނާނެ
ވައުދުތައް ފުއްދޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން

އެޖެންޑާ19 ގައިވާ އެންމެހައިކަންކަމަކީ ރާއްޖޭގެ ރައްޔިތުން ފާހަގަކޮށްދީފައިވާ ކަންކަން ކަމަށާއި، މިކަންކަން ތަންފީޒު ކުރުމަށް ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ނަގަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އަމީނިއްޔާ ސްކޫލްގައި ބޭއްވި އެޖެންޑާ 19ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އޭޕްރީލް ހަވަނަ ދުވަހު ބާއްވާ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމުގެ މުހިންމުކަން ރައްޔިތުންގެ އޮޅިގެން ނޫޅޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް ގެއްލުމުން، ސަރުކާރު ހުއްޓުމަކަށް ގެނެސް ސަރުކާރު ހިންގުން ދަތިކުރުން އެއީ ރާއްޖޭގެ ރައްޔިތުންނަށް މިފަހުން ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފު ކަމަށެވެ.

ރައްޔިތުންގެ އެދޭ ތަރައްގީއާ ކުރިއެރުން ގައުމަށް ގެނެއުމަށް ބޭނުންވާ ވަސީލަތަކީ މަޖިލިސްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރައީސްގެ ވައުދުތައް ފުއްދޭނީ ވެސް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

"މިދަނީ އެޖެންޑާ 19ގައިވާ އެންމެހައި މައުލޫމާތުތައް ރައްޔިތުނަށް އޮޅުންފިލުވާދެމުން. އެމައުލޫމާތަކީ އޮޅުންފިލުވާ ދިނީމަ ރައްޔިތުންނަށް އެގޭނެ އެޖެންޑާ19 ފުރިހަމަކަން. އެއީކަން ރައްޔިތުން ބޭނުންވާ ކަންކަމަކީ. ރައްޔިތުން ގަބޫލުކުރާނެ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެޖެންޑާ 19ގައިވާ އެންމެހައި ކަންކަމަކީ ރައްޔިތުން ފާހަގަކޮށްދީފައިވާ ކަންކަން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ވައުދުތައް ފުއްދުމަށް ބޭނުންވާނެ ގާނޫނީ އޮނިގަނޑުތައް އެވަނީ އެޖެންޑާ19 ގައި އެކުލާވާލާފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ބޯހިޔާވަހިކަން، ވަޒީފާގެ ފުރުސަތު، ވިޔަފާރި ރަނގަޅުވުން ބާނާ މަހަށް ހަމަ އަގުލިބުން ދަނޑުވެރިކަން ކުރިއެރުވުން. އަޅުގަނޑުމެން އަބަދުމެ ގޮވަމުންދިޔަ އިންސާފު ގާއިމްކުރުން، އެކުގަ އިގްތިސާދި، އިޖްތިމާއީ ގިނަ ކަންކަން ފޯރުކޮށްދިނުމަށް އެޖެންޑާ19 އެކުލަވާލާފައިވަނީ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެންމެހައި ރައްޔިތުން އެކުގައި މަސައްކަތް ކޮށްގެން މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
7 މާރޗް 2019 | ބުރާސްފަތި 22:04
ލޭ
އަމްނާ އިމާދު ދަ ގުރޭޓް ޖާނަލިސްޓް