Advertisement
ކ. މާލެ
|
7 މާރޗް 2019 | ބުރާސްފަތި 01:00
ފްލެޓް އިމާރާތް ކުރުމަށް މަގު ބަންދުކޮށްފައި
ފްލެޓް އިމާރާތް ކުރުމަށް މަގު ބަންދުކޮށްފައި
ޓްވިޓަރ
ބޮޑުތަކުރުފާނު މަގު ހުޅުވުން
ރަސްފަންނު ސަރަހައްދުން ބަންދު ކުރި ބޮޑުތަކުރުފާނު މަގު ހުޅުވާލަނީ
އެސަރަހައްދުގެ ޓްރެފިކްއަށް ހައްލެއް ލިބޭނެ

ކޮރަލް ބޮލެވާޑް މަޝްރޫއުގެ ފްލެޓްތައް އިމާރާތް ކުރަން ބަންދު ކުރި ބޮޑުތަކުރުފާނު މަގު ހުޅުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ ފްލެޓް އަޅަން ނިންމާފައި ވަނީ ރަސްފަންނު ކައިރީގައި ކުރިން އޮތް ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދު އޮތް ސަރަހައްދުގައެވެ.

ފްލެޓްގެ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި ޓިނުގައި ޖަހައި މަގު ބަންދުކުރިއެވެ. އެހެންކަމުން އެ މަގު ވެހިކަލްތަކަށް ބޭނުން ނުކުރެވި ވަނީ ގިނަ ދުވަސްތަކެއްވެފައެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ސަރަހައްދު ބަންދުކޮށްފައި އޮތުމަކީ އާއްމުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށާއި، އެ މަގު ހުޅުވާލުމާއެކު މިހާރު އެސަރަހައްދުގެ ޓްރެފިކަށް ހައްލެއް ލިބޭނެ ކަމަށެވެ. އަދި މިހަފްތާ ތެރޭގައި އެމަގު ހުޅުވާލާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

ރަސްފަންނު ސަރަހައްދުގައި ކުޅިވަރު ކުޅޭ ތަންތަން ހިމެނޭ ގޮތަށް 25 ބުރީގެ ހަތަރު ޓަވަރެއް އަޅަން ސިންގަޕޫރުގެ ޗަންހުއާ ކުންފުންޏަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަވާލު ކުރީ 2020 އަހަރުގެ ނިޔަލަށް އެ މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް މިމަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރަން ސަރުކާރުގެ ތެރޭގައި މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި މާލޭގައި ހައުސިންގެ އެއްވެސް ޕްރޮޖެކްޓެއް ނުހިންގުމަށް ވެސް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް